ރޭގެ ޖަލްސާގައި ޢާޒިމާ ވާހަކަ ދައްކަވަނީ--ފޮޓޯ/ވޮއިސް
ހަބަރު
10 Jan 2024 | 10:14
ގައުމު ހަލާކުކޮށް ގައުމުގެ ހަރުމުދާ ވިއްކަން އަޅުގަނޑުމެން ނުނިކުންނާނަން: ޢާޒިމާ

ގައުމު ހަލާކުކޮށް ގައުމުގެ ހަރު މުދާ ވިއްކަން ނުނިކުންނަވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވަދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

މާފަންނުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި އާޒިމާ ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުންވެސް ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ފެންނަމުން ދިޔައީ ގައުމު ފަނާކުރެވެމުން ދިޔަތަން ކަމަށެވެ. އެގޮތުން ބަޖެޓާއި، ގައުމުގެ މާލިއްޔަތާއި، ގައުމުގެ ދަރިންނާއި އަދި އިޖުތިމާއީ ފޭރާންވެސް ހަލާކުވެގެން ދިޔަކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އަދި އެކަން ކަމާއި ޚިލާފަށް، އަދުގެ ސަރުކާރާއިއެކު، ޢާޒިމާ ޓީމު ނުކުންނެވީ ދިވެހިންގެ ދިވެހި ރާއްޖެ ކަށަވަރުކޮށް، ރާއްޖޭގެ މިނިވަންކަމާއި ދިވެހި ގައުމިއްޔަތުގެ ގައުމިއްޔަތު ހިފަހައްޓައި ޅަ ކުދިންގެ މުސްތަގްބަލް ޔަގީންކޮށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން އޭނާ ވަނީ މި ސަރުކާރުން ފަށާފައިވާ ތަރައްގީގެ ދަތުރު އަދި ގައުމިއްޔަތުގެ ދަތުރު ދެބައިވިޔަ ނުދެއްވުމަށާއި ގައުމުގެ މާލެ އެއްދިމާލަށް އަދި އަނެއްބައި އެހެން ދިމާލަކަށް ދިޔާަ ނުދިނުމަށް އެދިފައެވެ. އަދި އެހެން ވެއްޖެ ނަމަ، މައްސަލަތަކެއް ހައްލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 

"މާލެ އެއް ދިމާލަށް، ގައުމު އަނެއް ދިމާލަށް ގެންގޮސްގެން އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ނުވާނެ. ގަބޫލު ކުރައްވާ މި ގައުމުގެ މިނިވަންކަމުގެ ވާހަކައަކީ ސީރިއަސް ވާހަކައެއް. އަޅުގަނޑުމެން މި ހީކުރާ ވަރަށް ވުރެ ސީރިއަސް ވާހަކައެއް." 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

އާޒިމާ އިތުރަށް ވިދާޅުވީ ވިދާޅުވީ އޭނާ އާއި ދެން ތިއްބެވި ޕީއެންސީގެ ކެންޑިޑޭޓުން ނުކުންނެވީ ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައެވެ. އަދި އޭނާ ގާތުގައި ސަރުކާރު ކެންޑިޑޭޓަކަށް ވޯޓު ދޭންވީ ކީއްވެތޯ ބައެއް މީހުން އަހާކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓަކަށް ވޯޓު ދޭންވީ ސަރުކާރުގެ ކެންޑިޑޭޓުންނަނީ ގައުމު ދެކެ ލޯބިވާ މީހުންނަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން ނުނިކުންނާނެ ގައުމު ހަލާކު ކުރާކަށް. އަޅުގަނޑުމެން ނުނިކުންނާނެ ގައުމުގެ ހަރު މުދާ ވިއްކާކަށް. އަޅުގަނޑުމެން ނުނިކުންނާނެ ގައުމުގެ ގައުމިއްޔަތު ވިއްކާކަށް."

ޢާއިޝަތު ޢާޒިމާ ޝަކޫރު 

މާލޭ މޭޔަރ ކަމަށް ޖުމުލަ 5 ކެންޑިޑޭޓުން ބައިވެރިވާއިރު, އެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.