ރޭގެ ޖަލްސާގައި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ--ފޮޓޯ/ ވޮއިސް
ހަބަރު
10 Jan 2024 | 11:13
މިސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވާ ސަރުކާރެއް ނޫން: ނާއިބު ރައީސް

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވާ ސަރުކާރެއް ނޫން ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ހުސައިން މުހައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. 

މާލޭ ސިޓީ މޭޔަރ، އަދި މާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ރޭ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓު ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓްގެ ވިސްނުން ހުންނެވީ ސަރުކާރުގެ މެނިފެސްޓޯއާއި ދިމާ އިދިކޮޅަށް ކަމަށެވެ. 

އެގޮތުން، ސަރުކާރުގެ މެނިފެސްޓޯގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ގިނަ ކަންކަން ހިމަނުއްވާފައިވާ އިރު، އެ ކެންޑިޑޭޓުގެ ވާހަކަ އެކަންކަމާއި ދެކޮޅަށް ހުންނެވުމަކީ ރައްޔިތުންގެ ނިންމުމާއި ދެކޮޅު ވުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެމަނިކުފާނުގެ މެނިފެސްޓޯއާއި އިދިކޮޅަށް ވާހަކަ ދައްކަވާ ކެނޑިޑޭޓަކު ހޮވިއްޖެނަމަ ކަންކަން ރަނގަޅަކަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް އިތުބާރު ކުރައްވާ މޭޔަރަކު މާލޭގައި ހުންނަވައިފިނަމަ، ތޮތްޖެހިފައިވާ މާލެ ހިތް ފަސޭހަތަނަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އެހެން ކަމުން ވަށާޖެހޭ ނިޒާމު ތަޣައްޔަރުވިޔަ ނުދެއްވަން އާޒިމާގެ އިތުރުން އެ ޕާޓީގެ ފަރާތުން ވާދަކުރައްވާފައިވާ ކައުންސިލަރުން ހޮވަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިއާއެކު ނާއިބު ރައީސް ވިދާޅުވީ، ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް އެމަނިކުފާނު ފުއްދަވަމުންދާކަން ކެނޑިނޭޅި ފެންނަމުންދާ ކަމަށާ، އެކަމާއި ގުޅޭ މަޢުލޫމާތު ރައީސް އޮފީހުން ވެސް ދެއްވަމުން ގެންދާ ކަމަށެވެ. 

އެމަނިކުފާނު އެ ވެވަޑައިގެންނެވި ވަޢުދުތައް، އެގޮތަށް އެ ތަރުތީބުން، ފުއްދަވަން އެމަނިކުފާނު އެބަ މަސައްކަތް ކުރައްވައޭ، އޭގެ ތަފްސީލް ތައް، ކޮންމެ ރެއަކުމެ އަޅުގަނޑުމެން ހިއްސާކުރަމުން މި ގެންދަނީ. އެއްވެސް ކަމެއް އެމަނިކުފާނު ފޮރުއްވާކަށް ނަހައްދަވާ. މީޑިޔާއަށް ވަރަށް ތަފްސީލްކޮށް، ކޮންމެ ހަފުތާއަކު، ސަރުކާރުން ނިންމަމުންދާ ނިންމުން ތަކާއި، ދައުލަތުގެ ވަޒީރުންނަށް ބާރު އަޅުއްވަނީ ވީހާވެސް މީޑިޔާއާ ގާތްކޮށް، ރައްޔިތުންނަށް ޚިދުމަތްދޭތަން ރައްޔިތުންނަށް ކިޔައިދޭން. އަދި ގޯހެއް ހެދުނަސް، އެ ގޯހަކީ ކޮބައިކަން ރައްޔިތުންނަށް ކިޔައި ދިނުމަށް. ހެދޭ ގޯސްތައް ފޮރުވާ ސަރުކާރެއް ނޫން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ މި ސަރުކާރަކީ

ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް 

އެހެން ކަމުން ވަށާޖެހޭ ނިޒާމު ތަޣައްޔަރުވިޔަ ނުދެއްވަން އާޒިމާގެ އިތުރުން އެ ޕާޓީގެ ފަރާތުން ވާދަކުރައްވާފައިވާ ކައުންސިލަރުން ހޮވަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.