ފަތުރުވެރިންގެ ބަޔަކު ވީއައިއޭގައި
ހަބަރު
10 Jan 2024 | 15:24
ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރޞަތު ހަމައެކަނި ދިވެހި އޮޕަރޭޓަރުންނަށް ލިބޭގޮތަށް ހަދައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިޝްތިހާރު ކުރުމަށް ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުޞަތު ހަމައެކަނި ދިވެހި ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަލް އެޖެންޓުންނަށް ލިބޭގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފާތިމަތު ތައުފީގު ގެ އެކްސް ޕޯސްޓުގައި ބުނެފައި ވަނީ މެމްބާރޝިޕް ޕޮލިސީ އިސްލާހުކޮށް ގެނައި ބަދަލާ އެކު އިސްކަން ދޭނީ ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ދާއިރާއާ ގުޅުންހުރި ކުންފުނިތަކަށް ކަމަށެވެ.

އޭނަގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އެ ބަދަލު ގެނައީ ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އިޝްތިހާރު ކުރުމުގައި ދިވެހިން ބައިވެރިކުރުމަށް ކަމަށެވެ.

އެމްއެމްޕީ އާރުސީ އިން މީގެ ކުރިންވެސް ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިޝްތިހާރު ކުރުމަށް ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެހި ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަލް އެޖެންޓުންނަށް އެކަނި ފުރުޞަތު ދިނުމަށް ވިސްނަމުން ދާކަމަށެވެ.

އެކުންފުނިން އޭރު ބުނަމުން ދިޔައީ ބޭރު ޤައުމުތަކުގައި ބޭއްވޭ ތަފާތު ފެއާރތަކުގައި ދިވެހި ރާއްޖެ އިސްތިހާރުކޮށް ކުރިއެރުވުމަށް އެންމެ ރަނގަޅު ވާނީ ދިވެހިން ކަމަށާއި އެފަދަ ކަންތައްތައް ވަޠަނީ ލޯބީގައި ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަފްތާއަށް ވުރެ މިއަހަރުގެ ފުރަތަމަ ހަފްތާ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 7 އިންސައްތަ ކުރިއަރާފައެވެ.

ކޮމެންޓް
އަހުމަދު
މީ ވަރަށް ދެކޮޅު ނުޖެހޭ ނިންމުމެއް. ރާއްޖޭގެ ބޮޑެތި ހުރިހާ ރިސޯޓުތައް ބޭރުމީހުން ހިންގާއިރު ރާއްޖެ ތަމްސީލުކުރަން ބޭރުމީހުނަށް ފުރުސަތު ނުދޭންވީ ސަބަބެއް ނެތް.
10 Jan 2024
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.