ހަބަރު
06 Jan 2024 | 15:59
ކުޅުދުއްފުށި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް އަލުން ތަރައްޤީކުރުމަށް ބަޔަކު ހޯދަނީ

ކުޅުދުއްފުށި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް އަލުންހަދާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. 

ކުޅުދުއްފުށި އެއަރޕޯޓް ހިންގައި ބަލަހައްޓާ ކުންފުނި، ރީޖަނަލް އެއަރޕޯޓްސް ކޮންޕަނީ ލިމިޓެޑް(އާރް.އޭ.ސީ.އެލް) އިން ކޮށްފައިވާ އިއުލާނުގައި ބުނީ ލ، ކުޅުދުއްފުށި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް އަދި އަލުން ހެދުމަށްޓަކައި ޝައުގު ވެރިވެއްލައްވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް އަދި އަލުން ތަރައްޤީކުރަން ޖެހޭނީ އެކުންފުނިންދޭ ކޮންސްޕްޓް ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި މަސްރޫޢުގެ ދަށުން 11،345 އަކަފޫޓުގެ ޕެސެންޖަރ ޓަރމިނަލްއަކާއި، ފެސެންޖަރ ޓަރމިނަލް ސަރަހައްދުގައި ޝޭޑިންގ އެއް ލުމަށާއި، މިވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖަރ ޓަރމިނަލްގެ ސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށާއި، އަދި ޕެސެންޖަރުންނަށް ދެވޭ ޙިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ޤާއިމްކުރުންވެސް ހިމެނެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޝައުގު ވެރިވެއްލައްވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި)އެއް ގެޒެޓްގައި ބަޔާކުރެވިފައިވާ މާޢުލޫމާތުތަކާއެކު 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 23:59 ގަނޑި ސުންމިނެޓްގެ ކުރިން [email protected] އަށް ފޮނުއްވުމަށް ވަނީ އެދިލައްވާފައެވެ. އަދި މި މަސްރޫޢަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަކަން ވަނީ ފާހަގަކުރައްވާފައެވެ. 

ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށުމަށް ވަނީ ރައީސްގެ “ހަފްތާ 14” ގެ މަގުޗާޓުގައި ހިމަނާފައެވެ. 

އަދި ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް 14 (ސާދަ) ހަފްތާގެ ތެރޭގައި އަމަލީ މަސައްކަތްތައް ފެށުމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕަނީ ލިމިޓެޑް(އާރް.އޭ.ސީ.އެލް)ގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. 

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ކުރިންވެސް ފާހަގަކުރެއްވި ގޮތުގައި، ކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް މަސްރޫއަކީ ކުޅުދުއްފުށި އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭ އެންމެހައި ޙިދުމަތްތަކެއް އިތުރު ކުރުމާއި، ޕަސިންޖަރުންނަށް އެއަރޕޯޓުން އަދި ޓަރމިނަލްއުން ލިބެންޖެހޭ އެންމެހައި ޙިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ޑްރޮވިންގ އެއް އެކުލަވާލާއި މަސްރޫޢުގެ މަސައްކަތްތައް ފަށައި ތަޢާވާލް އާއި އެއްގޮތަށް މަސައްކަތްތައް ނިންމުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

އަދި މުބީން ފާހަގަ ކުރެއްވިގޮތުގައި އަލަށް ހެދޭ ޓަރމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާއްމު ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެކުލެވިފައިވާނެވެ. މިސާލަކަށް، ފާހަނަ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭގެ ހިދުމަތް، ދަތުރުކުރާ ފަތުރުވެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް އިންފޮމޭޝަން  ދޭނެ ކައުންޓަރ ފަދަ ހިދުމަތްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލާތްތަކާއި ޙިދުމަތްތައް ގާއިމްކުރެވިގެންދާނެވެ. 

އަދި މި މަސްރޫޢުގެ ތެރޭގައި އެއަރޕޯޓުގެ ސަރަހައްދަށް  ބޭނުންވާ ޕާކިންގެ ޙިދުމަތްތަކާއި އަދި މީގެ އިތުރުންވެސް އެއަރޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ ކަންކަންވަނީ ހިމަނާފައެވެ.

މިބަދަލުތަކާއެކު އާރް.އޭ.ސީ.އެލްއިން ދަނީ، ކުޅުދުއްފުށި އެއަރޕޯޓުގައި ހިމެނޭ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އޮގޮތުން، ޓުއަރިޒަމް އާއި ގުޅުންހުރި ކަންކަން އެއަރޕޯޓުގެ އުތުރަށް އޮތް ހުސްބިމުގައި ތަޢާރަފް ކުރުމަށް  އާރް.އޭ.ސީ.އެލް އާއި ކައުންސިލާއެކުވަނީ ސޮއިކުރެވިފައެވެ.

މިކަންކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީއަށް އިތުރަށް ފުރިހަމަކަން ގެނެސްދީ ޓުއަރިޒަމް އިތުރަށް ފުޅާވުމަށް އެހީއަކަށްވެގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.
28 Jul 2026
ދަރަނީގެ ހާމަކުރުމާއި އިންވެސްޓަރުންނާ ގުޅުން ބެލެހެއްޓުމުގައި ސްރީލަންކާ ދުނިޔޭގެ ހަތަރުވަނައަށް
ސްރީލަންކާގެ ފިނޭންސް ވުޒާރާއިން ބުނީ މި ކުރިއެރުން ހާސިލުކުރެވުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޕަބްލިކް ޑެޓް މެނޭޖްމެންޓް އޮފީހުގެ ދަށުން ރަސްމީ އިންވެސްޓާ ރިލޭޝަންސް ޕްރޮގްރާމެއް ޤާއިމުކުރުމުގެ ސަބަބުން ކަމަށެވެ.