އިންވެސް މޯލްޑިވްސް ފޯރަމުގައި ރައީސް ތަޤްރީރު ކުރައްވަނީ
ހަބަރު
10 Jan 2024 | 17:05
އައްޑޫ ބުރިޖާއި ހުވަދޫ ބުރިޖު އެޅުމަށް ޗައިނާއިން އިންވެސްޓަރުން ހޯދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި އިންވެސްޓަރުންނަށް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ބްރިޖާއި ހުވަދޫ ބްރިޖު ހިމަނައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖެއް އެޅުމާއި ގދ. ތިނަދޫ އާއި ކާޑެއްދޫ ގުޅުވާލަދޭ ބްރިޖެއް އެޅުމުގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ތެރޭ ފައްޓަވާނެކަމަށް އެ މަނިކުފާނުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އައްޑު އަތޮޅު ހިތަދޫ އާއި ހުޅުމީދޫ އާއި ދެމެދު 23 ކިލޯމީޓަރު ހުންނައިރު، ތިނަދޫ އާއި ކާޑެއްދޫގެ ދުރުމިނުގައި 4.4 ކިލޯމީޓަރު ހުރެ އެވެ.

ރައިސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި ދެ ބުރިޖު އެޅުމަށް ޗައިނާއިން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މީގެ ތެރެއިން ހިތަދޫ އާއި ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެއެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ފަށަން ސަރުކާރުގެ "ހަފުތާ14" މަގުޗާޓުގައި ވެސް ހިމަނުއްވާފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެން ތަޤްރީރު ކުރެއްވި އިންވެސްޓްމަންޓް މޯލްޑިވްސް ފޯރަމުގައި ޗައިނާގެ އެންމެ ވަރުގަދަ 300 އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ދައުލަތުގެ މަތީފަންތީގެ ވަފުދެއް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ކޮމެންޓް
އިއްބެ
ޕޮރޮޖެކޮތައްޗައިނާއިންހިނގައިދެނީހިލޭސާބަހައްތޯއެވެއެއްބިލިއަންޑޮލަރުގެދަރަންޗެއްތޯނުވަތަހިލޭސާބަހައްތޯއެވެ
10 Jan 2024
ޢައިޝް
ސާބަހޭ ޑރ.މުޢިއްޒު އާއި މުއިއްޒުގެ ޓީމް....ބާރަށް ކުރިޔަށް ކުރިޔަށް ބާރަށް....އަވަސް ކުރައްވާ ހުރިހާ ބޮޑެތި ޕްރޮޖެކްޓްތައް އަވަހަށް ފައްޓަވާ...
10 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.