ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ / ފޮޓޯ:ވޮއިސް
ހަބަރު
11 Jan 2024 | 08:36
ޕަވަރ ހައުސް ނަގާ ދޮންއަދަރާދަ ހިނގުން އެއްކޮށް ހުޅުވާލަނީ

ދޮންއަދަރާދަ މަގުގައި ހުންނަ ސްޓެލްކޯގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ފަށައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ މި މަގު ހުޅުވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއިން ކަމަށާއި މިހާރު މަސައްކަތްތަކުގެ 40 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުއި އެބޭފުޅުން މަސައްކަތް ކުރަމުން ދަނީ މި މަސް ނިމޭއިރު މި މަގު އާއްމުންނަށް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާލުމަށް އަމާޒު ހިފައިގެން ކަމަށެވެ.

"މި ތަނަކީ އަޅުގަނޑުމެންގެ ޕަވާ ހައުސްއެއް ހުރި ތަނެއް. މި ތަނުގައި 17 އިންޖީނު ހުރި. އެ އިންޖީނުތައް މިހާރު ހުޅުމާލެއަށް ބަދަލުކޮށް އޭގެން ވެސް ހިދުމަތް ފަށައިފިން. މި ތަނުން ޕަވާ ހައުސް ނެގުމުން މިހިސާބުގައި ދިރިއުޅޭ އާއްމުންނަށް މިހާރު އަޑުގަދަވެ ވީ އުނދަގޫތަކާއި ދުމުގެ އުނދަގުލެއް ދެން ނުވާނެ،" 

ހުސައިން ފަހުމީ 

އެހިސާބު ގަޑަކީ ޢާއްމުން ދިރިއުޅޭ ހިސާބަކަށް ވުމުން މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް ފަހުމީ ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް ދުވާލު ގަޑީގައި ކަމަށެވެ. މަގު ހެދުމުގެ މަސައްކަތުގައި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގައި ހުރި ކޮންކްރީޓު ބެޑްތައް ނެގުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ކަމާއި ހުސައިން ފަހުމީ ހަވާލުވެ ވަޑައިގެންނެވި ފަހުން މާލޭގައި މިގޮތަށް، ޢާއްމުންނަށް އުނދަގޫވާގޮތައް ހުރި ކަންތައްތައް ހައްލުކޮށްދެއްވުމަށް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމާއި ހަވާލުވެލެއްވި ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މަގު މިސްކިތުގެ ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ކަރަންޓު ޓްރާންސްފޯމަރު ވެސް މިހާރުވަނީ އެތަނުން ނަގާ އެސަރަހައްދު ޢާއްމުންނަށް ހުޅުވާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް