ރޭގެ މޭޔަރ ބަހުސްގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
11 Jan 2024 | 10:55
ކައުންސިލްގެ ވަކި ކޯޓާއެއް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަޒީފާއަށް ޚާއްސަކުރާނަން: ޢާޒިމާ

މާލެ ސިޓީ ކައުންސިލްގެ ވަކި ކޯޓާއެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ރޭ ސަންގު ޓީވީން ގެނެސްދިން މޭޔަރ ބަހުސްގައި، އާޒިމާގެ މޭޔަރ ކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުސަތުތައް ފަހި ކޮށްދިނުމަށް ކުރުމަށް ނިންމަވާފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ގާނޫނުގައިވާ ގޮތުގެ މަތީން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ދަފްތަރެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި އެއީ އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ޢާޒިމާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް، ތަޢުލީމް ނަމުގައި ހިންގުމަށް މިހާރުވެސް ޚާއްސަ ޕްރޮޖެކްޓެއް ތައްޔާރުވަމުންދާ ކަމަށާ، އެ ޕްރޮޖެކްޓްގެ ދަށުން 18 އަހަރު ފުރުމުންވެސް އެފަދަ ކުދިންނަށް ސުކޫލްގައި ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދީ އެކި އެކި ތަމްރީންތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއާއި ގުޅޭ، ތަމްރީންތައް ދިނުމަށް އޮކިއުޕޭޝަނަލް ތެރަޕީދޭ ސެންޓަރެއްވެސް ގާއިމް ކުރައްވާނެކަމަށް ޢާޒިމާ ވިދާޅުވި އެވެ. 

އަޅުގަނޑުގެ މޭޔަރ ކަމުގައި، މާލޭ ސިޓީ ކައުންސިލްގައި ވަކި ކޯޓާއެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންގެ ވަޒީފާއަށް އަޅުގަނޑު ހަމަޖައްސާނަން. އެ ވަޒީފާއަށް އެހެން މީހުންނެއް ނޫން، ހަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޯޓާއެއް އަޅުގަނޑުގެ މޭޔަރ ކަމުގައި ހަމަޖައްސާނަން.

ޢާއިޝަތު ޢާޒިމާ ޝަކޫރު

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ދަތިކަމަކީ، ތަންތަނަށް ވަދެ ނުކުތުމާއި، ހިނގާ ބިނގާވެ އުޅުމަށް ދިމާވާ ދަތިކަން ކަން ފާހަގަކުރައްވައި ޢާޒިމާ ވަނީ، އޭނާގެ މޭޔަރ ކަމުގައި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން އާޒިމާގެ މޭޔަރ ކަމުގައި މުނިސިޕަލް ޑޭކެއަރ ގާއިމްކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި, މީހުން، އެފަރާތްތަކުގެ ބެލެނިވެރިންނާއި އެކީގައި އެ ސެންޓަރު ތެރޭގައި ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާޒިމާ ވިދާޅުވީ އޭނާގެ އެންމެ މުހިންމު ކަމެއްގް ގޮތުގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުން ހިމެނޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.