ދައުލަތުގެ މަރުކަޒީ ބޭންކު އެމްއެމްއޭ
ހަބަރު
11 Jan 2024 | 14:58
2023 ނިމުނު އިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި ހުރީ 140 މިލިއަން ޑޮލަރު

މިދިޔަ 2023 ވަނަ އަހަރު ނިމުނު އިރު ދިވެހި  ރަޢުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި ހުރީ 140 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ. އެހެން ކަމުން ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީގައި ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި 254 މިލިއަން ޑޮލަރު ގައި ހުރި ނަމަވެސް އަހަރުގެ އެކި މަސްތަކުގައި އެ އަދަދު ދަށްވަމުން ގޮސް ނޮވެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 126 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ޔޫޒަބަލް ރިޒާވް 126 މިލިއަން ޑޮލަރަށް ދަށްވި ނަމަވެސް އަހަރު ނިމުނު އިރު އެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފަ އެވެ. މިއީ ޖެނުއަރީ މަހާއި އަޅާ ބަލާއިރު 128 މިލިއަން  ޑޮލަރުގެ ދަށް ވުމެކެވެ.

ދަޢުލަތުގެ މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެށުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 790 މިލިއަން ޑޮލަރު ހުރި ނަމަވެސް ޑއަހަރު ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 588.1 މިލިއަން ޑޮލަރެވެ. މިއީ 201.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

އެމްއެމްއޭގެ މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މިއީ އަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވް ހުރި އަދަދާއި އަޅާ ބަލާއިރު 44 ޕަސެންޓް ދަށް އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ކާޑާއި ބޭހާއި ތެޔޮ އެތެރެކުރަން ދައުލަތުން ކުރާ ޚަރަދު އިންތިހާއަށް އިތުރުވުމެވެ.

މިސަރުކާރު އައުމަށް ފަހު ދަޢުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓައި ޓީ-ބިލް ވިއްކުމަށް ނިންމާ އެކަމަށް ޝަޢުޤުވެރިވާ ފަރާތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.