ޕީއެންސީގެ ޗެއާރޕާޝަން / ފޮޓޯ:ވޮއިސް
ހަބަރު
11 Jan 2024 | 18:23
"ކުރީ ސަރުކާރުގައި ރައީސް މުއިއްޒުގެ ތަސައްވަރު ޙަޤީގަތަކަށް ނުހެދުނީ ސަރުކާރުގެ އެއްބާރު ނުލިބިގެން"

ކުރީ ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ޙަޤީގަތަކަށް ނުހެދުނީ ސަރުކާރުގެ އެއްބާރު ނުލިބިގެން ކަމަށް މި ސަރުކާރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާރޕާޝަން އަލްފާޟިލް ޢަބުދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ މޭލޭމޭޔަރު އިންތިހާބުގައި މިސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޕީއެސްސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ކެންޕެއިން ސައިކަލުބުރުގެ ތެރެއިން ސަޕޯރޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައިވެސް މާލޭގެ ރައްޔިތުންނަށް ވަރަށް ގިނަގުނަ ކަންތައްތައް ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި، ނަމަވެސް އެމަނިކުފާނުގެ ތަސައްވަރު ޙަޤީގަތަކަށް ނުހެދުނީ ސަރުކާރުގެ އެއްބާރު ނުލިބިގެން" 

ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި އަބުދުއްރަޙީމް ވަނީ ތަކުރާރުކޮށް އާޒިމާ މާލޭ މޭޔަރުކަމަށް އިންތިހާބުކޮށްދެއްވުމަށް އެދި ވަޑައިގަންނަނވާފައެވެ.

" ޙަޤީގަތުގައި އަދުގެ ރައީސުލް ޖުމުހުރިއްޔާ ރާއްޖެއަށް ގެންނެވުމަށް ބޭނުންވާ ތަރައްޤީ ، ވަކިން ޚާއްޞަކޮށް މާލެއަށް ގެންނަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ދޭނެ މޭޔަރަކު ހުރުން ވަރަށް މުހިއްމު ، އެހެންކަމާއި އެކު ތިޔަބޭފުޅުން އުސްތާޛާ އާޒިމާ މާލެ މޭޔަރުކަމަށް އިންތިހާބު ކޮށްދެއްވާ "

އަބްދުއްރަހީމް އަބްދުالله 

މިއަދު މި ބޭއްވުނު ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.