ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު-- ފޮޓޯ/މިނިސްޓްރީ
ހަބަރު
11 Jan 2024 | 19:09
ތަޢުލީމީ ކަލަންޑަރަށް ގެނަ ބަދަލާއެކު މިހާރުގެ 8ގެ ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސް އަނބުރާ ލިބޭނެ: ވަޒީރު

ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލާއެކު މިހާރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސްދުވަސް އަނބުރާ ލިބޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެެއެވެ. 

ކުރީ ސަރުކާރުން ދިރާސީ އައު އަހަރު އޮގަސްޓްމަހު ފަށާގޮތަށް ހެދުމާއި ގުޅިގެން، މިހާރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ ސާނަވީ ތަޢުލީމީ ހަޔާތް އިތުރު ހަ މަސް ދުވަހަށް ދަންމާލެވިގެން ދިޔަ އެވެ. އޭގެ ސަބަބުން އެ ދަރިވަރުން ގްރޭޑް 10 ނިމޭ އުމުރު މަތިވެ، ގިނަ ބެލެނިވެރިންގެ ނުރުހުން އެކަމަށް އަމާޒުވެގެން ދިޔައެވެ. 

ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، 2026 ވަނަ އަހަރުން ފެށިގެން ޖަނަވަރީގައި ދިރާސީ އައު އަހަރު ފަށާގޮތަށް ހަމަ ޖެއްސުމާއެކު އެ ގެއްލިގެން 6 މަސް ދުވަސް އަނބުރާ ލިބޭގޮތް ވެފައިވާއިރު، ބައެއް ފަރާތްތަކުންނާއި، މީޑިއާ ތަކުން އެ ބަދަލުގެ ސަބަބުން ދަރިވަރުންނަށް ގެއްލުންވާ ކަން ދޭހަވާފަދަ މޭރުމުން އަންނަނީ ޚަބަރު ފަތުރަމުންނެވެ. 

ޚާއްސަކޮށް އެކަމުގެ ސަބަބުން މިއަހަރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިންތިހާނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

އެކަމާއި ގުޅިގެން، ވަޒީރު ޝަފީޢު މިއަދު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން މިހާރު ކިޔަވަމުންދާ 2ވަނަ ޓާމް ނިމެންދެން (އޭޕްރީލް މަހުގެ ނިޔަލަށް) ތިބޭނީ ގްރޭޑް 8 ގައި ކަމަށެވެ.

އަދި އެ ދަރިވަރުން ގްރޭޑް 9ގައި ތިބޭނީ މި އަހަރުގެ މެއި މަހުން ފެށިގެން 2025ގެ ފެބްރުއަރީ އަށް ކަމަށާ، އެ ދަރިވަރުންގެ ގްރޭޑް 10 ، ފެށޭނީ މާޗް 2025ގައި ކަމަށްވާއިރު އެ ދަރިވަރުން އޯލެވެލް ހަދާނީ ނޮވެމްބަރ 2025ގައި ކަން ވަޒީރު ފާހަގަކުރެއްވި އެވެ. 

"ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި މިހާރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭނެއެވެ. މިބަދަލާއެކު ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސްދުވަސް އަނބުރާ ލިބޭނެއެވެ. އަދި، ސިލަބަސް ކަވަރުކުރެވި ރިވައިސް ކުރުމަށްވެސް ވަގުތު ލިބޭނެއެވެ." ވަޒީރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ