ވިއްސާރައިގައި އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ވަސްހޮޅި ވެއްޓިފައި-- ފޮޓޯ/ ޓުވީޓާ
ހަބަރު
12 Jan 2024 | 16:59
ވިސާރައިގައި އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ވަސްހޮޅި ވެއްޓި ގެއްލުންތަކެއް ވެއްޖެ!

މާލެއަށް ކުރަމުންދާ ވިއްސާރަޔާ ގަދަ ވައިގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ވަސްހޮޅި ވެއްޓި ގެއްލުންތަކެއްވެއްޖެއެވެ. 

މިކަމާއި ގުޅިގެން އެމްޑަބްލިއުއެސްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއްސާރައިގެ އެ ކުންފުނީގެ 8 ނަމްބަރ ޕަމްޕް ސްޓޭޝަންގެ ވަސްހޮޅި ވެއްޓި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާ، އެކަމުގެ ސަބަބުން އެ ކުންފުނިން ދެމުންދާ ޚިދުމަތަށް ބުރޫ ނާރާނެ ކަމަށެވެ. 

މާލެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، މި ސަރަހައްދުން ދަތުރު ކުރަމުންދާ ކޮޅި ގަނޑެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި އޭގެ ސަބަބުން ވައި ގަދަވެ، ކަނޑުވެސް ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ. 

ވިއްސާރައިގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެމްއެމްޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. 

އަދި އެ އިދާރާ އާއި ފުލުހުން ގުޅިގެން، ފެން ވަންނަ ގެތަކާއި، ތަން ތަނާއި، މަގުގެ އެއްކައިރީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ