ވޯޓްލުން ކުރިިއަށް ދަނީ
ހަބަރު
13 Jan 2024 | 08:50
މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޙާބު ފަށައިފި

މިވަގުތު ހުސްވެފައިވާ މާލޭ މޭޔަރުކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯްތލުން މިއަދު 8 ޖަހައިރު ފެށިއްޖެއެވެ.

މާލޭ މޭޔަރު އިންތިހާބުގެ ވޯޓްލުން 8 ޖަހާއިރު ފެށިފައިވާ އިރު ކުރިން ވޯޓްލައި ނިންމާ ގަޑިއަކީ ހަވީރު 4 ކަމުގައި ވީ ނަމަވެސް އިއްޔެ މާލެއަށް ކުރި ބޯ ވިއްސާރަ އާއި ގުޅިގެން މިހާރު އީސީން ހަމަޖައްސާފައިވަނީ ވޯޓްލުމުގެ އެންމެ ފަހު ގަޑިއަކީ ހަވީރު 5 ޖަހާއިރު ކަމަށެވެ.

އިލެކްޝަން ކޮމިޝަން އީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބައި އިލެކްޝަންގައި  މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މާލޭ މޭޔަރު ހޮވުމުގެ މި ބައި-އިލެކްޝަނަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މޮނިޓަރުން، އޮބްޒާވަރުން އަދި މަންދޫބުން އެކްރެޑިޓްކޮށްދީފަ އެވެ. އެގޮތުން، 620 މޮނިޓަރުންނަށާއި، 197 އޮބްޒާވަރުންނަށާއި އަދި 165 ޕާޓީތަކުގެ މަންދޫބުން އެކްރެޑިޓް ކޮށްދީފައިވެއެވެ. އެހެންކަމާއި އެކު ޖުމްލަ ހާހަކަށް ވުރެ ގިނަ ފަރާތްތަކުން އިންތިހާބުގެ ކަންކަން ބަލަމުން ދާނެއެވެ.

މިއަދުގެ މި ބައި އިލެކްޝަންގައި މާލޭ މޭޔަރުކަމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ދާޢިރާތަކުން ހުސްވެފައިވާ  ކައުންސިލަރުންގެ މަޤާމަށްވެސް މީހުން އިންތިހާބުކުރުން ކުރިއަށް ދާނެއެވެ. އެ ދާއިރާތަކަކީ  މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ އަދި މެދުހެންވޭރު ދާއިރާއެވެ.

މި ބައި އިލެކްޝަންއަށް 5 ބޭފުޅަކު ވާދަ ކުރައްވައެވެ . އެ 5 ބޭފުޅުންނަކީ

1.    އަމިއްލަ ގޮތުން ކުރިމަތި ލައްވާ އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ޝުއައިބު އަލީ

2.    އަމިއްލަ ގޮތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު

3.    ޕީޕީއެމް-ޕީއެންސީ ގެ ފަރާތުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު

4.    އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

5.    ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު

މި ފަސް ބޭފުޅުންވެސް ވަނީ މި އިންތިޙާބަށްޓަކައި ވަރުގަދަ ކެންޕެއިނެއް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.