މާލޭގައި ފެންބޮޑުވުން / ފޮޓޯ: ވޮއިސް
ހަބަރު
13 Jan 2024 | 09:33
މާލޭގައި ފެން ބޮޑުވި ސަރަޙައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފި

އިއްޔެގެ ރެއިން ފެށިގެން އިއްޔެއާއި އެކު މާލެއަށް ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މާލެ އާއި މާލޭގެ ކައިރީގައިވާ ސަރަހައްދުތަކަށް އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކި ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އޭގެ ތެރެއިން ބައެއް ގެތަކުގައި ދިރިއުޅުނު ފަރާތްތައް ރައްކާތެރި އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވެސް ޖެހިފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދައި އާއްމު ހާލަތަކަށް ގެނެވިފައިވަނީ ފަތިހު 5:00 ހާއިރުއެވެ.  މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގޭގެއަށް ފެންވަންނަތީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި، އަދި ރޭ ދަންވަރު 2:35 އާ ހަމަމައަށް ޕަމްޕް ބޭނުންކޮށްގެން 27،449 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އޭގެ އިތުރުން މާލޭގެ 8 ސަރަހައްދެއްގައި ޖުމުލަ 23 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް  އެމްއެންޑީއެފުން ވިދާޅުވެއެވެ.

މާލެއަށް އިއްޔެ ކުރި މި ގަދަ ވިއްސާރައިގައި ފެން ބޮޑުވުމުގެ އިތުރުން ވައިގަދަވުމުގެ ސަބަބުންވެސް ބައެއް ގެއްލުންތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި މަގުމަތީގައި ހުރި ބައެއް ގަސްތައް ވެއްޓި ދުއްވާ އެއްޗިއްސަށް ގެއްލުންވުމުގެ އިތުރުން ، އެމްޑަބުލިޔުއެސްސީގައި ހުރި ދިގު ވަސް ހޮޅިއެއް އަރި އަޅާލުން ހިމެނެއެވެ.

މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވި ފަރާތްތަކަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރު ކޮށްދެއްވަމުން ގެންދަވާކަމަށް އެ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.