މަސްވެރިން މަސްބޭނުން
ހަބަރު
13 Jan 2024 | 14:02
ބައެއްކަހަލަ މަސްވެރިކަމުގައި ވައިގެ އުނޅަދު ބޭނުން ނުކުރެވޭ ސަބަބު މިއޮތީ

މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާވާ ސަބަބުތައް މިނިސްޓްރީ އޮފް ފިޝަރީޒު އެންޑު އޯޝަން ރި ސޯސްއިން ހާމަކޮށްދެއްވައިފިއެވެ.

އެ މިސްޓްރީން ވިދާޅުވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަމުގައި ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކޮށްފައިވަނީ 2016 ވަނަ އަހަރު އައި.އޯ.ޓީ.ސީއިން ފާސްކޮށްފައިވާ ގަރާރަކުންނެވެ.

ތަފްސީލް ދެއްވަމުން މިނިސްޓަރީން ވިދާޅުވެފައި ވަނީ އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލައްޓާ ސަރަހައްދީ ޖަމުއިއްޔާއެއް ކަމަށާއި، މިޖަމުއިއްޔާގެ ނިންމުންތައް މެންބަރު ގައުމުތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ގަވާއިދުތަކުން ތަންފީޒުކުރަންޖެހޭ ކަމަށެވެ.

ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީގެ މެންބަރަކަށްވީ 2011ވަނަ އަހަރުގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވާ ގޮތުން މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރު ހޯދުމަށް ނުވަތަ ހިފުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކުރުމުގެ ބޭނުމަކީ ޕެސިފިކް ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން މަސްއައިން ހޯދުމަށް ހެލިކޮޕްޓަރާ އަދިވެސް އެހެނިހެން ވައިގެ އުޅަނދުތަށް ބޭނުންކޮށް މަސްވެރިކަމުގެ 'އެފިޝަންސީ' އިތުރުކުރަމުން ދާތީވެ، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުންވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށް މަސްވެރިކަމަށް ކުރާ ހޭދަ (ފިޝިން އެފޯޓް) ކުޑަކުރުން ކޮންޓްރޯލް ކުރުމެވެ.

ހަމަމިއާއިއެކު އަދި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ އާބާދީ ދަށްވިޔަ ނުދީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންވެސް މެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ސާފުކޮށްދެއްވާފައިވާ ގޮތުގައި މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާކުރެވިފައިވަނީ 2020 ވަނަ އަހަރު ގެޒެޓުކުރެވުނު ގަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އިންނެވެ.

ރާއްޖޭގައި މަސްވެރިކަމުގައި ޑްރޯން ބޭނުން ނުކުރުމާއި ބެހޭ ގޮތުން ވަރަށް ގިނަފަރާތްތަކުން އަންނަނީ ސުވާލުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.