ރައީސް މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
13 Jan 2024 | 16:58
ރޯދައަށް ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އާއި ފުއް ބަސްތާއެއް ދޭނަން: ރައީސް މުޢިއްޒު

ސަރުކާރުން ދިވެހި ކޮންމެ ގޭބީސީއަކަށް އަންނަ ރޯދަމަހު ހަނޑޫބަސްތާއަކާއި ފުއްބަސްތާއެއް ދޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ މިރޯދަ މަހު ކޮންމެ ގޭބީސީ އަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުން ހިލޭދޭ ކާޑުގެ އަދަދު އަންނަ އަހަރު އިތުރު ކުރައްވާނެ ކަމަށްވެސް  ރައީސް ޑރ، މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.  

މިއަދުގެ މި ބައްދަލުވުމުގައި ރައީސް ވަނީ ކާޑްގެ ބާވަތްތައް ހޯދަން ރާއްޖޭން އެއް ދިމާލަކަށް ބަރޯސާ ނުވާނެ ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއަށް ރައީސް ނުސީދާ މެސެޖެއް ވެސް ދެއްވާފައެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް (ހަނޑޫ، ހަކުރު، ފުށް) މިހާރު އެންމެ ދިމާލަކަށް ބަރޯސާއެއް ނުވާނެ، އަޅުގަނޑުމެން މިހާރު ވާނީ ތުރުކީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި. ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީއިން މިހާރު އެއްއަހަރާއި އިތުރު 10 އިންސައްތައަށް ވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި،" 

ރައީސް ވިދާޅުވި އެވެ.

އިތުރު ތަފްޞީލް ދެއްވަމުން ރައީސް ވިދާޅުވީ ކާޑުގެ ބާވަތްތައް ހޯދުމަށް މިހާރުވެސް، ތުރުކީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"ތުރުކީއިން އަހަރަކާއި އިތުރު 10 އިންސައްތައަށްވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވުމުގައި މިހާރު ވާނީ ސޮއި ކޮށްފައި، ފުށުގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހު އަންނާނެ،" 

ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ހަނދު ހެންވޭރު
ގަދަބަސް ބުނެފަ އިންޑިޔާ އާ އޮތްގުޅުން ހީނަރުކޮށްގެން ކިހާދުވަހަކު ހިފެހެއްޓޭނެތޯ ބަލަން މިތިބީ، އިނގިދާނެތާ ވަގޮތެއް ދެއްތޮ؟
13 Jan 2024
ޙަބިބަަ
މިފަހަރު މިވިއްކާލި ޗައިނާޔައް ދެން ރަންގަޅު
13 Jan 2024
ގުޅޭ ލިޔުންތައް
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.