އިއްޔެ އޮތް އިންތިހާބު ގައި ކާމިޔާނު ހޯއްދެވި ކެންޑިޑޭޓުން
ހަބަރު
14 Jan 2024 | 11:03
މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ޕީއެންސީއަށް 2 ގޮނޑި، އެމްޑީޕީއަށްވެސް ދެ ގޮނޑި!

އިއްޔެ އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވެސް ދެ ގޮނޑި ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ބާއްވާފައި ވަނީ، ހުސްވެެފައިވާ މާލޭ މޭޔަރ ކަމާއި، މާލޭ ކައުންސިލަރުންގެ ތިން ގޮނޑިއަަކަށް މެންބަރުން ހޮވުމުގެ އިންތިހާބެވެ. 

އެ އިންތިޚާބުގައި މާލޭ މޭޔަރ ކަމަށް 5 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. އެއީ، ސަރުކާރުގެ ޕާޓީ ޕީއެންސީގެ ފަރާތުން ޢާއިޝަތު ޢާޒިމާ ޝަކޫރު، އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް އަދި އަމިއްލަ ގޮތުން ހުސައިން ވަހީދާއި ޝުޢައިބެވެ. 

އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި އާޒިމަށް ލިބިވަޑަައިގަތީ 7،621 ވޯޓެވެ. އާޒިމާ އަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ. އަދި ސައިފަށް 2،343 ވޯޓު ލިބިވަޑައިގެންނެވިއިރު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. ޝުއައިބަށް ލިބި ވަޑައިގަތީ 125 ވޯޓެވެ.

އެހެންކަމުން، ވޯޓުލީ މީހުންގެ 44 އިންސައްތަ އާއެކު މޭޔަރ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އާޒިމެވެ. 

އިއްޔެގެ މޭޔަރ ބައި އިލެކްޝަން ގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54,680 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 17,410 މީހުންނެވެ. 

މޭޔަރ ގެ އިތުރުން ދެން އެމްޑީޕީއަށް ލިބުނީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ އަހްމަދު ރިޝްވާން އެވެ. ރިޝްވާނަށް ލިބިފައި ވަނީ 320 ވޯޓެވެ. 

އެ ދެ ގޮނޑީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. 

އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. ރިޝްފާ އަށް ލިބިފައި ވަނީ 411 ވޯޓެވެ.

އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ހަސަން ނިޒާމެވެ. އޭނާ އަށް ލިބިފައި ވަނީ 383 ވޯޓެވެ.

އިއްޔެ ނަތީޖާއާ އެކު ކައުންސިލްގެ މެޖޯރިޓީ އޮންނާނީ ސަރުކާރަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގައި މިހާރު އެމްޑީޕީގެ ތިން މެންބަރުން ހިމެނޭއިރު ދަ ޑިމޮކްރެޓްސްގެ ދެ މެންބަރު އަދި ޕީއެންއެފްގެ ދެ ކައުންސިލަރަކު ހިމެނެ އެވެ. ދެން ތިއްބެވީ ޕީޕީއެމް / ޕީއެންސީގެ ކައުންސިލަރުންނެވެ. ސަރުކާރު ހިންގާ އެ ދެ ޕާޓީއަށް ނިސްބަތްވާ 11 ކައުންސިލަރުން މާލެ ސިޓީ ކައުންސިލް ގައި އެބަތިއްބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ