ހަބަރު
14 Jan 2024 | 14:24
ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް؛ ޓެޓޫ ޖެހުން ހަރާމް: ފަތުވާ ކޮމެޓީ

ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމަށާއި، ޓެޓީޖެހުމަކީ ހަރާމް ކަމެއް ކަމަށް ދިވެހި ދަޢުލަތުގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.

އެމަޖިލިސްއިން މިހެން ވިދާޅުވެފައިވަނީ ޓެޓޫ ޖެހުމާއި ގުޅޭގޮތުން އެ މަޖިލިހުން ނެރެފައިވާ ބަޔާނެއްގައެވެ.

ފަތުވާ މަޖިލީސް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި، ދޫންޏާއި، ހަޔަވާނުތަކުގެ ސޫރަ ތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުގެ ނިޝާންތައް ކުރަހާފައި ބެހެއްޓުމުގެ ޝަރުއީ ހުކުމް އާއްމު ކުރައްވާފައެވެ.

"އެއީ، މިކަމަކީ، މާތް الله ހައްދަވާފައިވާ މަހްލޫގެއް، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ.". އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފަތުވާ މަޖިލީސް އިން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމެކެވެ.

ދިވެހި ދަޢުލަތުގެ އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން މިފަދައިން ބަޔާން ނެރެފައިވާ އިރު މި މުތަމަޢުގެ ތެރެއިންވެސް މަދުން ނަމަވެސް ހަށިގަނޑުގެ އެކިއެކި ތަންތަނުގައި ޓެޓޫ ޖަހާފައިވާ ފަރާތްތައް ފެންނަމުން ދެއެވެ.

ކޮމެންޓް
ޢައިސަން
ދެން ސުވާލަކީ ޓެޓޫ ޖަހާފަ ތިބޭ މީހުންނަށް ދައުވާ ކުރެވޭނެހޭ؟
14 Jan 2024
Iboo
What about piercing
14 Jan 2024
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.