މިނިސްޓަރގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މިނިސްޓަރީ
ހަބަރު
14 Jan 2024 | 15:00
އަލުން ރާއްޖޭގައި ރާބިޠާގެ އޮފީހެއް ޤާއިމު ކުރުމަށް މަޝްވަރާކޮށްފި

މީގެ ކުރިން ރާއްޖޭގައި އޮފީހެއްގެ ގޮތުގައި ހުރި ޤާއިމުކޮށްފައިވާ ދުނިޔޭގެ މުސްލިމް ގައުމުތަކުން ބައިވެރިވާ ސައުދީ އަރައްބިއްޔާގެ ރާބިޠަތުލް އާލަމިލް އިސްލާމީގެ އޮފީހެއް އަލުން ރާއްޖޭގައި ޤާއިމުކުރުމަށް މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވަނީ މިއަދު ހެނދުނު މައްކާގައި ހުންނަ ރާބިޠާގެ ހެޑް އޮފީހުގައި، ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި މުސްލިމު ވޯލްޑް ލީގްގެ (ރާބިޠަތުލް ޢާލަމިލް އިސްލާމީ) ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުއްރަހްމާން ބިން އަބްދުالله ޒައިދު އާއި ދެބޭފުޅުން ބައިވެރިވެ ވަޑައިގެން ބޭއްވެވި ބައްދަލުވުމުގެ ތެރޭގައެވެ.

މި ބައްދަލުވުމަސްފަހު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް، އެވުޒާރާއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށާއި، ރާއްޖޭގައި ރާބިޠާގެ އޮފީސް އަލުން އިއާދަކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކުރުމުގައި ރާބިޠާގެ އިސްލާމީ ފިގުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވި ކަމަށެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު ، ރާއްޖޭގެ އިސްމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަޞައްވުރު ޙިއްސާކުރައްވާފައެވެ.

މިއަދުގެ މި ބައްދަލުވުމުގެ އިތުރުންވެސް މިނިސްޓަރ ޝަޙީމް ވަނީ ސަޢުދީގައި ހުންނަ ތަފާތު މުއައްސަސާތަުގެ އިސްވެރިންނާއި މަޝްވަރާތައް ބާއްވަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.