އީސީގެ ރައީސް ފުއާދު ތައުފީޤް
ހަބަރު
14 Jan 2024 | 21:11
ކަޑަނޫން ގޮތެއް ނޯވޭ – ފުއާދު

އިއްޔެ މާލޭގައި ބޭއްވުނު ބައި އިލެކްޝަންގެ ވޯޓްލުމުގެ ވަގުތާއި ބެހޭގޮތުން އީސީގެ ރައީސް ފުއާދު ތަޢުފީޤަށް އަމާޒުކޮށް އެކްސް ޕޯސްޓްކުރި މީހަކަށް "ކަޑަނޫން ގޮތެއް ނޯވޭ" ވިދާޅުވެ މަޖާޒީ ގޮތެއްގައި ރައްދު ދެއްވައިފިއެވެ.  

އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތަޢުފީގު މިފަދައިން ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވުނު ބައި އިލެކްޝަންގެ ވޯޓުލުން 5 ޖަހާއިރު ނިންމާލުމުން " އެހެންޔާ 4 ޖަހާއިރު ބަންދުކުރާ ފޮށި މިއަދު 5 ގައި، ތީތި ކަޑައޭ" ބުނެ ފުއާދު ޓެގުކޮށް މީހަކު ކުރި އެކްސް ޕޯސްޓަކަށް ރައްދު ދެއްވައެވެ.

ފުއާދުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޙާބުގައި ވޯޓްލުން ކުރިއަށް ދިޔައިރު ފުރަތަމަ ބުރުގައި ވޯޓްފޮށި ބަންދުކުރީ 4 ޖަހާއިރު ކަމަށާއި، އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްފޮށި 5 ޖަހާއިރު ބަންދު ކުރަން ނިންމީ ފުރަތަމަ ބުރުގައި ކަން ކުރެވުނު ގޮތް ކަޑަވެގެން ކަމަށެވެ. އިއްޔެ ބޭވުނު މާލޭ މޭޔަރު އިންތިހާބުގެ ވޯޓްލުން 5 އަށް ހެދީމަ އެ ގޮތްވެސް ކަޑަވެއްޖެ ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވެފައިވަނީ އިއްޔެގެ ވޯޓްލުން 4 ޖަހާއިރަށް ނިންމާލި ނަމަ އެހާ މަދުން މީހުން ވޯޓްލީ ވަގުތު ނުދީގެންނޭ ބުނާނެ ކަމަށެވެ. ފުއާދުގެ ޕޯސްޓް ނިންމަވައި ލެއްވީ "އެހެންވެ އޭތި ކަޑައޭ"

 ވިދާޅުވަމުންނެވެ.

އީސީގެ ރައީސް މި މޭރުމުން ޕޯސްޓް ކުރައްވާފައިވާ އިރު އިއްޔެ މާލޭގައި ބޭއްވުނު ބައި އިލެކްޝަންގެ ވޯޓްލުން ވެގެން ގޮސްފައިވަނީ މާލޭގެ ތާރީޙްގައިވެސް އެންމެ މަދު އަދަދަކަށް ވޯޓްލާން މީހުން ނިކުތް އިންތިހާބު ކަމަށެވެ.

 އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިއީ ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އެންމެ 32 އިންސައްތަ މީހުންނެވެ.

ކޮމެންޓް
މުހައްމަދު
މީތިވެސް ހަމަ ކަޑަ
15 Jan 2024
ބަޗީ
މި އިންތިޚާބުގެ ނަތީޖާއިން އަޅުގަނޑަށް ދޭހަވަނީ މި އިންތިޚާބު ބާއްވަން ރައްޔިތުން ނުރުހޭކަން. ވޯޓުލީ މީހުންގެ ޢަދަދު 60 އިންސައްތަ އަށްވުރެ މަދުވެއްޖެނަމަ އެ އިންތިޚާބު ބާޠިލުކޮށް، އެހެން ވިސްނުމަކަށް ދާންޖެހޭކަން.
15 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.