ދަރުމަވަންތަ ހޮސްޕިޓަލް
ހަބަރު
14 Jan 2024 | 22:27
ރާއްޖޭގައި އިންފުލުއެންޒާގެ ނުރައްކާ އިތުރުވަނީ، އެކަކު މަރުވެ ތިން މީހަކު ވެންޓިލޭޓަރުގައި

ރާއްޖޭގައި އިންފްލުއެންޒާގެ ނުރައްކާ އިތުރުވެ، މިބަލި ފެތުރެމުން ދާކަމަށާއި މިހާތަނަށް މި ބަލި  ޖެހިގެން ޒުވާނަކު ނިޔާވެ ، ތިން މީހަކަށް މި ވަގުތު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަޝްޙޫރު އެތެރެ ހަށީގެ ޑޮކްޓަރ މުހައްމަދު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އިންފްލުއެންޒާގެ ވައްތަރެއް ކަމަށްވާ އެޗްވަންއެންވަން ރާއްޖޭގައި ފެތުރެމުން އަންނަ ކަމަށާއި، އަދި ތިން ޒުވާނަކަށް ނިއުމޯނިއާ ޖެހުމާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.

މުހައްމަދު އަލީގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވާ ގޮތުގައި ބަލި ފެތުރެމުން އައި ނަމަވެސް ޕެންޑެމިކް ނުވަތަ ބަލިމަޑުކަމުގެ ހާލަތަކަށް ގޮސްދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެޗްވަންއެންވަންގެ އަލާމާތްތަކުގެ ތެރޭގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ޖެހުން ހިމެނެއެވެ.

އެޗްވަންއެންވަން ރޯގާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހުން ކިނބިހި އެޅުމާއި ކެއްސުމުގެ ތެރެއިން ޖަރާސީމު ބޭރުވެ އެހެން މީހެއްގެ ހަށިގަނޑަށް ޖަރާސީމު ވަނުމުންނެވެ. އަދި އެފަދަ ޖަރާސީމެއް ހުރި ތަނަކު އަތްލެވިއްޖެ ނަމަވެސް އެ ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް އެތެރެވުމުގެ ފުރުސަތު ލިބިއްޖެނަމަ އެޗްވަންއެންވަން ޖެހުމުގެ ފުރުސަތު އޮވެއެވެ.

މި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމުކަމަކީ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމެވެ. އަދި ހުން އައުން، ކަރުގައި ރިހުން، ގައިގައި އަދި ބޮލުގައި ރިހުން ފަދަ އަލާމާތެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކާ ފަރުވާ ހޯދުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.