މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުން: ފޮޓޯ: ވޮއިސް
ހަބަރު
15 Jan 2024 | 12:47
ވިއްސާރައިގައި ގެއްލުންވި ގެތަކަށް ހަތް ލައްކަ ރުފިޔާ ދެނީ

މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް އެހީގެ ގޮތުގައި 700،000ރ. ދޭން ނިންމާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މާލެ އަށް ކުރި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ މާލޭގެ ބައެއް ގޭގެއަށް ވަނީ ފެން ވަދެ، ބައެއް ގޭގޭގެ އިމާރާތަށް ގެއްލުންވެ ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވެފައެވެ. 

އެގޮތުން އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި، ފެންބޮޑުވުމުގެ ހާދިސާ އާ ގުޅިގެން 78 ތަނަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު ހަދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 53 ގެއެއްގެ އެސެސްމަންޓް މިހާރު ނިމިފައިވާ ކަމަށްށެވެ. އަދި އެ 78 ގޭގެ ތެރެއިން 19 ގެޔަކުން އެސެސްމެންޓް ހަދަން ބޭނުން ނުވާކަން އަންގައިފައިވާކަމަށާއި، އެކި އެކި ސަބަބުތަކާހުރެ 6 ގެޔަކަށް އަދި ނުވަދެވި ވާކަމުގައި ވެސް އެ އިދާރާއިން ހާމަކުރެއެވެ. 

އެސެސްމެންޓު ހެދި ގެތަކަށް ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން ޖުމްލަ 711،541.70ރ ދޭން ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. 

އެއީ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ޖުމްލަ ލިބުނު ގެއްލުމުގެ %20 އަށްވާ 100،075.20ރ އާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 611،466.50ރ ކަމުގައި އެ އިދާރާއިން އާންމުކުރި ތަފްސީލުގައި ވަނީ ބުނެފައެވެ. 

ވިއްސާރާގައި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުމުގެ ގޮތުގައި 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިންބުނެފައިވެއެވެ. ހުކުރު ދުވަހު ކުރި ވިއްސާރައާ ގުޅިގެން އިމާރާތަށް ލިބުނު ގެއްލުންތަކާ ހުރެ 18 ގޭބިސީއެއްގެ 110 މީހަކަށް އެންޑީއެމްއޭ މެދުވެރިވެގެން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.