ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރ
ހަބަރު
15 Jan 2024 | 17:03
ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުން ވަގުތުން މާކްސް ފެންނަ ޕޯޓަލް ހަދައިދޭނެ ބަޔަކު ހޯދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ފަދައިން ބޯހިޔާވަހިކަމަށް ފޯމު ހުށަހެޅުމުން ވަގުތުން މާކްސް ފެންނަ ޕޯޓަލްއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް، ބޯހިޔާވަހިކަމަށް ފޯމު ހުށަހެޅުމާ އެކު، އެ ފޯމެއްގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް 'ހައުސިން އެޕްލިކޭޝަން ޕޯޓަލް'އެއް ގާއިމް ކުރުން ހިމެނެއެވެ.

އެގޮތުން ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީން މިއަދު ވަނީ ހައުސިން އެޕްލިކޭޝަން ސިސްޓަމެއް ފަރުމާކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފަ އެވެ.

އެމިންސްޓްރީން މިއަދުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ހެނދުނު 10:00 ޖަހާއިރު ހައުސިން މިނިސްޓްރީގައި އޮންނާނެކަމަށާއި އަދި ބީލަން ހުށަހަޅަން ޖެހެނީ މާދަމާގެ މެންދުރު 2:00 ގެ ކުރިން ކަމަށެވެ.

މިނިސްޓްރީގެ މި އިޢުލާނުގައިވާ ގޮތުން އެމިނިސްޓްރީގެ ފަރާތުން 'ހައުސިން އެޕްލިކޭޝަން ޕޯޓަލް' އެއް ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދަކީ  ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ގެދޮރިވެރިކަމުގެ ސްކީމުތަކުގެ ދަށުން ގޯއްޗާއި ފްލެޓު ދޫކުރުމެވެ.

މި ސަރުކާރުން މިފަދަ ޕޯޓަލްއެއް ތައްޔާރު ކުރާނެ ބަޔަކު ހޯދުމަށް މިއަދު އިޢުލާނުކޮށްފައިވާ އިރު ވޭތުވެ ދިޔަ ސަރުކާރުން ހިންގި 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ފޯމު ހުށަހެޅުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް 'ގެދޮރުވެރިން'ގެ ނަމުގައި ގާއިމްކުރި އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

ނަމަވެސް މި ޕޯރޓަލު މެދުވެރިކޮށް އޭރުގެ ސަރުކާރުން ވަކި ބަޔަކަށް ފަހިވާ ގޮތައް ކަންތައްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުތައް އޭރުގެ ހައުސް މިނިސްޓަރީގެ އިސްފަރާތްތަކަށް ވަނީ ކުރެވިފައެވެ. ނަމަވެސް އެފަރާތްތަކުން ވަނީ އެހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

މިސަރުކާރުގެ އެންމެ މުހިއްމު ވަޢުދެއްގެ ގޮތުގައި ބޯހިޔާވަހިކަން ހިމެނޭއިރު މިފަދަ ޕޯޓަލެއްގެ މުހިއްމުކަން ވަރަށް ބޮޑުކަމަށް ގިނަފަރާތްތަކަކުން ޤަބޫލުކުރެއެވެ.

ކޮމެންޓް
ބަނާނާ
ތިޔަ ޕޯޓަލް ހަދައިގެން ތި ޕޯޓަލަށް މަޢުލޫމާތު ލޯޑްކުރެވޭނެބާ؟...ކުރިން ނުވެފައޮތީ.
15 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.