އިންތިހާބީ މޭޔަރު ކައުންސިލްގެ އިސްވެރިންނާއި ބައްދަލުކުރެއްވުން / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
15 Jan 2024 | 17:00
ސިޓީކައުންސިލްގެ އިސްބޭފުޅުންނާއި އިންތިހާބީ މޭޔަރު ބައްދަލުކުރައްވައިފި

މާލޭގެ މޭޔަރު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި، އާދަމް އާޒިމް ސިޓީކައުންސިލަށް ވަޑައިގެން އެތަނުގެ އިދާރީ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން މާލޭ ސިޓީކައުންސިލުން ބުނީ މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ކައުންސިލްގެ މެނޭޖްމަންޓާއި އެކު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުންނާއި،  ކައުންސިލްގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ހުރި ބައެއް މައްސަލަތަކަށް ގުޅޭގޮތުން ކަމަށެވެ. 

އާދަމް އާޒިމް މާލޭ މޭޔަރުކަން ކާމިޔާބު ކުރައްވާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވައިގެންނެވެ. އެ އިންތިހާބުގައި ޖުމުލަ 5 ބޭފުލަކު ވާދަކުރައްވާފައި ވެއެވެ، 

މިދިޔަ ހޮނިހިރުދުވަހު މާލޭގައި ބޭއްވުނު ބައި އިލެކްޝަންގެ ވޯޓްލުން ވެގެން ގޮސްފައިވަނީ މާލޭގެ ތާރީޙްގައިވެސް އެންމެ މަދު އަދަދަކަށް ވޯޓްލާން މީހުން ނިކުތް އިންތިހާބު ކަމަށެވެ.

 އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިއީ ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އެންމެ 32 އިންސައްތަ މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.