ރައީސް، ޗައިނާގެ ސީޖީޓީއެންއަށް އިންޓަވިއުދެއްވަނީ -- ފޮޓޯ/ ސީޖީޓީއެން
ހަބަރު
15 Jan 2024 | 18:39
މޫސުމީ ބަދަލަކީ ހަގީގަތެއް؛ ތަރައްގީގެ މަޝްރޫޢު ހިންގަނީ އެކަމަށް ޚާއްސަ ފިޔަވަޅު އަޅައިގެން: ރައީސް މުޢިއްޒު

މޫސުމީ ބަދަލަކީ ހަގީގަތެއް ކަމަށާއި، ދިވެހިރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެ ކަމަށް ވިސްނައި، ޚާއްސަ ފިޔަވަޅުތައް އަޅުއްވައިގެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ސީޖީޓީއެން ޗެނަލަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، މޫސުމީ ބަދަލު ތަކާއިމެދު ރައީސް މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ހަގީގީ ކަމެއް ކަމަށެވެ. އަދި އެކަމާ ދިވެހިންވެސް އަދި އެމަނިކުފާނު ވެސް އިންކާރު ނުކުރައްވާ ކަަމަށެވެ. 

"މޫސުމީ ބަދަލަކީ ހަގީގަތެއް. އަޅުގަނޑުމެން އެ ކަމަށް އިންކާރު ނުކުރުން. އެކަމު އެންމެ މުހިންމީ، ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ކަމަށް (މޫސުމީ ބަދަލަށް) ޚާއްސަ ސަމާލުކަމެއްދީގެން، ރަނގަޅު ފިޔަވަޅުތައް އެޅުން. އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ އަމާޒަކީ،" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މޫސުމީ ބަދަލުތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ރާއްޖެއިން ކުރިއަށް ގެންދާ މަޝްރޫއު ތަކާއި، ތަރައްގީގެ މަޝްރޫޢުގެ ތެރެއިންވެސް އެކަމަށް ދެއްވާ ސަމާލުކަމުގެ މިސާލު ޖައްސަވަމުން ރައީސް މުޢިއްޒު ވަނީ ދާދިފަހުން ދުބާއިގައި ބޭއްވުނު ކޮޕް28 ސަމިޓަށް ވަޑައިގެން އެ މަނިކުފާނު އިއުލާނުކުރެއްވި، ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ނަންގަވާފައެވެ. 

އަދި ހަމައެހެންމެ، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ފުށިދިއްގަރު ފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއަށްވެސް އަލި އަޅުވާ ލައްވައި، އެ ރަށަކީ ސޭފް އައިލެންޑް ނުވަތަ ރައްކާތެރި ރަށުގެ ކޮންސެޕްޓަށް، މޫސުމީ ބަދަލުތަކަށް ވިސްނައިގެން ހިންގާ މަޝްރޫއުއެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ބިން ހިއްކުމުގެ އައު މަޝްރޫޢު، (ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު) ގައި 1100 ހެކްޓަރ ހިއްކައިގެން އެތަން މި ތަރައްގީ ކުރަނީ ސޭފް އައިލެންޑްގެ ގޮތުގައި. އެ ސިޓީ ހުންނަނީ މޫދުގެ ލޮނުގަނޑަށް ވުރެ 3 މީޓަރ އުހުގައި. ވަރަށް ހިނަ ގަސްތައް ހުންނާނެ. ވަރަށް ފެހި ވާނެ އެ ސިޓީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން އަދި ކުރިއަށްހުރި ދުވަސްތަކުގައި ތެޔޮ އަންދައިގެން ހަކަތަ އުފައްދާ މިންވަރު 33 ޕަސެންޓު މަދުކޮށް، އިއާދަކުރަނިވި ހަކަތައިން އުފެއްދުން ވެސް ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.