ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒީރު / ފޮޓޯ:ވޮއިސް
ހަބަރު
16 Jan 2024 | 08:50
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ދެން ހުށަހަޅަންޖެހޭނީ "ވަންގަވް" މެދުވެރިކޮށް

ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް މިއަދުން ފެށިގެން ދެން ހުށައަޅަން ޖެހޭނީ "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އެ ވުޒާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމެނިފައިވާ ފަދައިން، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށް ދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އާއި އެ މިނިސްޓްރީ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް  މާދަމާޢިން ފެށިގެން ދެން ހުށައަޅަން ޖެހޭނީ "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް އިއުލާނުކޮށްފައިވާ އިރު ހަމަ އިއްޔެ އެ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމަށް ފޯމު ހުށަހެޅުމުން ވަގުތުން މާކްސް ފެންނަ ޕޯޓަލްއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ވެސް އިއުލާނުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް، ބޯހިޔާވަހިކަމަށް ފޯމު ހުށަހެޅުމާ އެކު، އެ ފޯމެއްގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް 'ހައުސިން އެޕްލިކޭޝަން ޕޯޓަލް'އެއް ގާއިމް ކުރުން ހިމެނެއެވެ.

މި ސަރުކާރުގެ ފަރާތުން 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ގިނަކަންތައްތަކެއް މިހާރުވެސް ފުރިހަމަ ކުރެވިފައިވާ ކަމަށާއި، ފުރިހަމަ ނުކުރެވިވާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.