Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024: މުރައިދޫ އަތުން އިހަވަންދޫއަށް ފަސޭހަ މޮޅެއް

16 Jan 2024 | 12:28
އިހަވަންދޫ އާއި މުރައިދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ބުރުގެ ގުރޫޕް އެކެއްގައި ރޭ ކުޅެވުނު ދެވަނަ މެޗުގައި އިހަވަންދޫ އާއި މުރައިދޫ ވާދަކުރި މެޗު ފަސޭހަކަމާއި 5-1 ގެ ނަތީޖާއަކުން އިހަވަންދޫ އިން ކާމިޔާބުކޮށްފި އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ރޭ ފެށި އިރު، މިއަހަރުގެ މުބާރާތުގައި ހއ. އަތޮޅުން ވަނީ ޖުމްލަ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ތިން ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު 8 ޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު އިރު، އަތޮޅު ބުރުގެ ފައިނަލަށް ހޮވޭ ދެޓީމަށް މުބާރަތުގެ ޒޯން ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އިހަވަންދޫ އިން ދެލަނޑު ކާމިޔާބު ކުރި އިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި އިބްރާހީމް ހާމިދު ވަނީ ދެ ލަނޑު ކާމިޔާބުކުރި އެޓީމުގެ މުހައްމަދު ޝާމިލާއި އަހުމަދު ސާޖިދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ މުރައިދޫ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

Advertisement

މިމެޗުގައި މުރައިދޫ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހުލީން އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫގެ އިބްރާހިމް ހާމިދު އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement

ގުޅޭ ލިޔުންތައް
02 Apr 2025
ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިވަޕޫލާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔޫކޭއަށް
01 Apr 2025
މަޖިލީހަަށް ވަނީ އެތައް މިލިއަނެއް ހަރަދުކޮށްގެން، މުސާރަ ކުޑަކޮށްފިނަމަ ދަރަނިވެރިވާނެ: ފަލާހް
01 Apr 2025
އެމެރިކާއެއްކަމަކު އީރާނަށް ބިރުދައްކައި އިންޒާރުދީގެން ނުވާނެ: ރަޝިއާ
01 Apr 2025
އެއްވެސް ކެޕިޓަލްއަކާ ނުލައި، އަމިއްލަ ވިޔަފާރިއެއް ފެށުމަށް އީޒެޕުން ޒުވާނުންނަށް ހުޅުވާލައިފި!
01 Apr 2025
އިންޑިއާގެ އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ ހެލިކޮޕްޓަރު ގަންނަނީ
01 Apr 2025
މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހިންގާ އިންވެސްޓްމަންޓްތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފި
01 Apr 2025
ނިލަންދޫ ނަރުދަމާ ނިޒާމް އަލުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިން: މަތީން
01 Apr 2025
ހާމިދުގެ ހެޓްރިކާއެކު ސްޓްރީޓް ބްރޯސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި