ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން
ހަބަރު
16 Jan 2024 | 15:10
ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ ދިވެހިން އެބަތިބި: މިނިސްޓަރ

ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ދިވެހިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅު ވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާ 21 ދިވެހިން ރާއްޖެ ގެނައުމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

" ދިވެހިންކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން އަދި ބޭރުގެ އެކިއެކި ދިމަ ދިމާގައި ތިބިކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް އަންނަނީ ލިބެމުން، އެމައުލޫމާތު ކަށަވަރު ކުރުމާއި އަދި ހަމަ މިހާރު މިގެންދިޔަ ޕްރޮސެސްގައި އެ ބައެއް ބޭފުޅުންނަށް ލިބިވަޑައިގެންފައި ތިބި ދަރިން އެއީ ދިވެހިންކަށް ކަށަވަރު ކުރުމާއި، މި ކަންތައްތައް މިހާރުވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން" ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި 100 މީހުންގެ ތެރެއިން ގިނަބަޔަކު އަންނަށް ބޭނުންވެފައިވާ ކަމަށެވެ.

"އެ 90 މީހުން އެނބުރި ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވޭ،" އިހުސާން ވިދާޅުވި އެވެ.

މިއަދު ރާއްޖެ މި ގެނެވުނު 21 ދިވެހިންނާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެ މީހުން ރާއްޖެ ގެނައީ ތުރުކީ/ ސީރިއާ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ސަރުކާރަށް ލިބިގެން ކަމަށާއި 2022ގެ ޖޫން މަހުން ފެށިގެން ސަރުކާރުން ދިޔައީ އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އޭގެ ފަހުން ފުލުހުން އެކި ފަހަރުމަތިން އެ މީހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އެ މީހުން އަނބުރާ ރާއްޖެ ގެނައުމުގެ ކުރިން ދިވެހިންކަން ޔަގީން ކުރަން ޑީއެންއޭ ޓެސްޓް ވެސް ހަދާފައިވާ ކަމަށެވެ.

ކޮމެންޓް
ގާހަކަ
އެމީހުންއެތިބީ ޓުރޭނިން ހަދަން ފޮނުވާފަދޯ. އެހެންވެ ސަރުކާރުން ޗާޓަރ ފްލައިޓުގަ ތިގެނައީ. ދެން ހިންގާނީ ކޮންފަދަ ލޭއޮހޮރުވުމެއްބާއޭ ހީވޭ.
16 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.