އައިޖީއެމްއެޗް
ހަބަރު
16 Jan 2024 | 15:00
ސަމާލުވޭ! މިމަހު އެކަނިވެސް 19 މީހަކަށް އިންފުލުއެންޒާޖެހި، އެކަކު މަރުވެއްޖެ

މި ހިނގާ ޖެނުއަރީ މަހު މިހާތަނަށް 19 މީހަކަށް އިންފްލުއެންޒާ ޖެހި އެ ބަލީގައި އެކަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 4 މަސް ތެރޭގައި އިންފްލުއެންޒާގެ ބަލިޖެހިފައިވާ 154 ފަރާތެއް ރާއްޖެ އިން ފެނިފައިވެ އެވެ. ރާއްޖެ އިން އެންމެ ގިނައިން ފެނުނީ އިންފްލުއެންޒާ އޭގެ H1N1 އެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އެކްސްގައި މީގެ ދެ ދުވަސް ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންފްލުއެންޒާ ޖެހުމުގެ ސަބަބުން ނިއުމޯނިއާ އަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ފެތުރޭ ވަރު އިތުރުވީ ސަރަހައްދީ ގައުމުތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާ ދިމާކޮށް، ދަތުރުފަތުރު ކުރުން އިތުރުވާމާ ގުޅިގެން ކަމަށެވެ.

އިންފްލުއެންޒާގެ އަލާމާތްތަކަކީ ހުން އައުމާއި، ނޭފަތުން ފެން އައުމާއި، ގައިން ވަރު ދެރަވުމާއި، ބޮލުގައި ރިއްސައި ގައިގަ އާއި ކަރުގައި ރިއްސުމާއި އަދި ކެއްސުމެވެ. ތިން ދުވަސް ވަސްދެން އެ އަލާމާތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދު ދެއްވައެވެ.

އެޗްވަންއެންވަން ރޯގާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހުން ކިނބިހި އެޅުމާއި ކެއްސުމުގެ ތެރެއިން ޖަރާސީމު ބޭރުވެ އެހެން މީހެއްގެ ހަށިގަނޑަށް ޖަރާސީމު ވަނުމުންނެވެ. އަދި އެފަދަ ޖަރާސީމެއް ހުރި ތަނަކު އަތްލެވިއްޖެ ނަމަވެސް އެ ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް އެތެރެވުމުގެ ފުރުސަތު ލިބިއްޖެނަމަ އެޗްވަންއެންވަން ޖެހުމުގެ ފުރުސަތު އޮވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.