އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ:މިނިސްޓްރީ
ހަބަރު
16 Jan 2024 | 17:10
ވަރޓިކަލް ފާމިން ޕައިލެޓްކުރުމުގެ މަޝްރޫޢު ފަށަން އެއްބަސްވެއްޖެ

ރައީސް ޑރ. މުއްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ، ވާޓިކަލް ފާމިން ޕައިލެޓް ކުރުމުގެ މަޝްރޫޢެއް ފަށަން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

މި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުން ގާއިމްކޮށްފައިވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާއި ވީސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދުއެވެ.

މިއަދު މި ފެށުނު ޕްއިލެޓް ޕްރޮޖެކުޓުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާރ ސެންޓަރުގައި ތިން ވައްތަރެއްގެ ވާރޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕެއް ގާއިމްކުރެވޭނެއެވެ. އޭގެތެރޭގައި ހިމެނެނީ މިހާރުވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތަޢަރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާރގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި ޕައިން އެޕަލް ޓަވަރ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވާރ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓުކުރުންތަކެވެ.

މިނިސްޓްރީން މަޢުލޫމާތުދެއްވާފައިވާ ގޮތުގައި މި ސިސްޓަމްތަކުގައި އެންމެ ފުރަތަމަ ޓެސްޓުކުރުމަށް ހަމަޖެހިފައި ވަނީ އެކި ބާވަތުގެ ފަތާއި ތަރުކާރީ އާއި ތަފާތު ހާބްސްގެ ބާވަތްތަކެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ ފައިނޭންސް އެގްޒެކެޓިވް ފާތިމަތު ޝާއިއާއެވެ. އަދި ވީސީ ގްރޫޕްގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ.

އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ވިދާޅުވެފައިވާ ގޮތުގައި މިމަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާރ ސެންޓަރުގައި މަސައްކަތްކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާރޓިކަލް ސިސްޓަމްތައް ދެނެގަނެ އެސިސްޓަމްތައް ދަނޑުވެރިންނަށް ތައާރަފްކޮށްދިނުމުގެ މަސައްކަތް އެ ވުޒާރާއިން ކުރިއަށްހުރި ޕްރޮޖެކްޓްތަކުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓްރީގެ ފަރާތުން އަންނަނީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވެން ހުރި ދާޢިރާތައްބަލާ މި ދާޢިރާ ކުރިއެރުވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.
06 Jul 2026
މުރައިދޫން ދެ މީހަކު ހައްޔަރުކޮއްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މުރައިދޫ ގެއަކުން 4.5 ގުރާމުގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު 10 ދުވަހަށް ބަންދުކޮށްފައިވޭ.
06 Jul 2026
ފުޑް ކޯޓުތައް ރެއިޑްކޮށް 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ޓާސްކް ފޯހުން ރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.