ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ހަބަރު
16 Jan 2024 | 16:51
"ޤައުމިއްޔަތު" މާއްދާ ފުރަތަމަ ފަށަނީ ގްރޭޑް 4 އަށް: މިނިސްޓަރު

މި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ޤައުމިއްޔަތު ވަކިމާއްދާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް  ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ދައުލިތުގެ މީޑިއާ ޕީއެސްއެމް ނިވުސްއަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ "ޤައުމިއްޔަތު" މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން 3 ހަފްތާއެއްހާ ދުވަހުގެ ތެރޭ ގްރޭޑް 4 ގެ ދަރިވަރުންނަށް އެ މާއްދާ ޕައިލެޓްކޮށް ކިޔަވައިދޭން ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ޕައިލެޓް ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ ޕައިލެޓްކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން މިހާރު ކިޔަވައިދެމުންދާ މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތަށް ހުރި މިންވަރު ދެނެގަނެވިފައިވާކަމަށެވެ.

"މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހުރި މިންވަރު ވަނީ ދެނެގަނެވިފައި. އައު މާއްދާއެއް ވުޖޫދުކުރުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް މިހާރު ވަނީ ކޮށްފައި. ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު ރަސްމީކޮށް މަންހަޖުގައި ހިމަނާނަން." އެ ޕްރޮގްރާމުގައި މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ތަޢުލީމުގެ ޤައުމީ މަންހަޖުގައި ޤައުމިއްޔަތުގެ ނަމުގައި މާއްދާއެއް ތަޢާރަފްކޮށް މިމާއްދާ ކިޔަވައިދިނުމުގެ މަޤްސަދަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ޤައުމިއްޔަތަށް ލޯބިކުރާ އަދި ޤައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމެވެ.

ދަރިވަރުންގެ ހިތްތަކުގައި ޤައުމިއްޔަތު އާލާކޮށް ، ޤައުމަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި ހުރިހާ ސްކޫލެއްގައިވެސް މިހާރު ގެންދަނި ކޮންމެ ދުވަހަކުވެސް ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފެށުމުގެ ކުރިން އެސެމްބުލީ ބާއްވާ އެސެމްބުލީތަކުގައި ޤައުމީ ސަލާމް ކިޔަމުންނެވެ. އަދި އޭގެ ތެރެއިން ދެ އެސެމްބުލީއެއް ޙާއްޞަކޮށް އެ އެސެމްބުލީތަކުގައި ދަރިވަރުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ސިފަ އެކުލެވޭ ފަދަ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް
ޓީޗަރުން
ޤައުމިއްޔަތު ދިރުވުމަށް ކުރަންއެންމެ މުހިންމު ކަމަކީ ގުރޭޑް 4 ދަށުގެ ކުދިންނަށް ދިވެހި .ބަހުން ކިޔަވައި ދިނުށް
16 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.