ދިވެހި ސިފައިން
ހަބަރު
16 Jan 2024 | 19:06
ޒަމާނީ އަސްކަރީ ނިޒާމެއް ޤާއިމުކުރުމަކީ ރައީސްގެ ޢަމާޒެއް: ދިފާއީ ވުޒާރާ

ޒަމާނީ އަސްކަރީ ނިޒަމެއް ޤާއިމުކުރުމަކީ މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމދު މުއިއްޒުގެ އަމާޒެއްކަމުގައި ދިވެހި ޤައުމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޤައުމީ ދިފާޢީ ވުޒާރާއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިފައިންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދަޢުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހިން ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާޢީ ދަޢުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ވުޒާރާއިން މިހާރު ފައްޓަވާފައިވާކަމަށެވެ.

ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ އިސް ދަޢުރެއް އޮތީ ޤައުމީ ދިފާޢީ ބަރަށްކަމަށްވުމާއެކު، ބަދަލުވަމުންދާ ސަލާމަތީ މަޝްރަޙުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި އަސްކަރިއްޔާއަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވުޒާރާގެ ބަޔާނުގައި ވިދާޅުވިއެވެ.

"މި ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލްކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތަކެވެ،" 

ޤައުމީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިންގ އާއި މެރިޓައިމް ޓެރެރިޒަމް ފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް"ތައް ހުއްޓުވުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ހިންގަން ޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭނީ އެމްއެންޑީއެފް ކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދިފާއީ ވުޒާރާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ޤުދުރަތީ ކާރިސާތަކާއި ނުރައްކާތެރި ބޮޑެތި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި ކަނޑާއެކު އެއްގަމުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމާތްކުރުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނި ދިވެހި ސިފައިންނާކަމަށެވެ.

" ދިވެހި ދަޢުލަތާއި ދިވެހިރައްޔިތުންގެ އެންމެ މަތީމަސްލަހުތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭއެންމެހާ ކަންތައްތައް މާތްﷲގެ ވާގިފުޅާއިއެކު ، ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. " ދިފާއީ ވުޒާރާގެ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.