ސިއްހަތާއި ބެހޭ ވަޒީރު އަބުދުﷲ ޚަލީލް
ހަބަރު
16 Jan 2024 | 19:32
އިސްރަށްވެހިންނަށް ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ހިދުމަތް ތާއާރަފުކޮށްފި

ރާއްޖޭގައި އިސްރައްވެހިންނަށް ޚިދުމަތްދިނުމުގެ ފަންނު ނުވަތަ ތަޢުލީމު އުނގެނުން ތަޢާރަފްކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލު މިފަދައިން ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކަކާއި، އެފަރާތްތަކުން ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކުރުމަށް މިއަދު އައޖީއެމްއެޗުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން ޓީމުގެ ފަރާތުން މިހާރު ތައްޔާރުވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރިސޓީ އާއި ވާހަކަދައްކައިގެން އެ ޔުނިވަރސިޓީ ތެރޭގައިވެސް ކިޔަވައިދޭ ކިޔެވުމުގައި އޭގެ ޚާއްސަ މޮޑިއުލްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުން ފަށައިގެން ކުރިއަށްގެންދަވާ. އެހެންވީމާ މިކަން ފުޅާކޮށް ފެށިގެންދާއިރުގައި ރާއްޖޭގައި ޖެނެޓިކް ކެއަރ ނުވަތަ ދުވަސްވީ ބޭފުޅުންނަށް ޚިދުމަތްދިނުމުގެ ފަންނު ނުވަތަ ތަޢުލީމު އުނގެނުން އިރާދަކުރެއްވިއްޔާ ތަޢާރަފްކުރެވި ކުރިއަށްދާނެ." 

ޞިއްޙަތާ ބެހޭ ވަޒީރު ޚަލީލް ވިދާޅުވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ އިސްރަށްވެހީންނަށް ޚާއްސަކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކަކާއި ގޭގައި ތިބެގެން މެމޯ ހެއްދޭނެ މަގުފަހިވެގެން ދިއުމަކީ ޒަމާންތަކެއް ވަންދެން އެފަރާތްތަކުން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ. ވަޒީރު ޚަލީލް ވިދާޅުވީ މިކްލިނިކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޞިއްޙީ ޚިދުމަތް ދިނުން ކުރިއަށް ގެންދަވާނެކަމަށެވެ.

ޞިއްޙަތާ ބެހޭ ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގައި ފެށި މިކްލިނިކްގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ރައީސްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޞިއްޙީ ވުޒާރާއިން ކުރިއަށް ގެންދަވާނެކަމަށާއި ،  އަދި މިޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން އަވަށްޓެރި އެހެން ޤައުމުތަކާއި ވާހަކަދައްކަވަމުން އަންނަކަމަށެވެ.

އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކަކާއި އެފަރާތްތަކުން ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.