ވަޒީރު އާދަމް ޝަރީފް ޢުމަރު / ފޮޓޯ؛ވޮއިސް
ހަބަރު
17 Jan 2024 | 07:31
ކޮންމެ އަތޮޅެއްގައި އެ އަތޮޅެއް ވަކިން އޮޑިޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ

ކޮންމެ އަތޮޅެއްގައި އެ އަތޮޅެއް ވަކިން އޮޑިޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރަށާއި، އަތޮޅާއި، ސިޓީ ކައުންސިލްތަކަކީ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދުތަކަށް އެއްގޮތްވާގޮތަށް، ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމަކީ ވުޒާރާގެ އަމާޒެއް ކަމަށާއި، އެގޮތުން، ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓިންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އައިރު، ކޮންމެވެސް ވަރަކަށް އޮޑިޓުގެ މަސައްކަތް ކުރެވޭ ފެންވަރަށް އަތޮޅުތެރޭގައި މީހުން ތަމްރީނު ކުރައްވާފައިވާކަމަށްވެސް މިނިސްތަރ ވިދާޅުވިއެވެ.

މިނިސްޓަ ވިދާޅުވީ އެ މިނިސްޓަރީގެ އަމާޒަކީ މިތަމްރީން ޕްރޮގުރާމުގެ ތެރެއިން ކޮންމެ އަތޮޅެއްގައިވެސް އޮޑިޓަރުންގެ ގުރޫޕެއް ނުވަތަ ޔުނިޓެއް ޤާއިމްކޮށް، އެ އަތޮޅެއްގެ އޮޑިޓު ޔުނިޓުން، އަތޮޅަށް ނިސްބަތްވާ ކައުންސިލްތަކުގެ އޮޑިޓުގެ މަސައްކަތް ކުރައްވާނެ ގޮތް ޤާއިމު ކުރުމެވެ.

"އަތޮޅުތަކުގައި، ކައުންސިލްތައް އޮޑިޓު ކުރާނެ ރަނގަޅު ބޭފުޅުންތަކެއް އުފައްދާ، ކޮންމެ އަތޮޅެއްގައި އޮޑިޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އެ މަސައްކަތް މީގެ ކުރިންވެސް ކުރެވިފައިވޭ، އަދި އިތުރު އޮޑިޓަރުން އުފެއްދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާ އިރު މިސަރުކާރު ވެރިކަމަށް އަންނަށްވެގެން ވީ މުހިއްމު އެއް ވަޢުދަކީ ހުރިހާ މާނައެއްގައިވެސް ކައުންސިލްތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލައްވާނެކަމަށް ވެލެއްވި ވަޢުދެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިއަދާއި ހަމައަށްވެސް ކައުންސިލްތަކުގެ އޮޑިޓުތައް ހަދަނީ އޮޑިޓު އޮފީހުންކަމަށާއި،  ރާއްޖޭގައި 200 އަށްވުރެ ގިނަ ކައުންސިލްތައް ހުންނައިރު، ކޮންމެ ކައުންސިލެއްގެ އޮޑިޓު ރިޕޯޓު ހެދުމަށް، އޮޑިޓު އޮފީހަށް ދަތިވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.