ސަބުދެލިމަގު / ފޮޓޯ:އާރުޑީސީ
ހަބަރު
16 Jan 2024 | 21:45
ގިނަ އަހަރުތަކަކަށް ފަހު ސަބުދެލި މަގު ހުޅުވާލައިފި

ގިނަ އަހަރުތަކަކަށް ފަހު އާއްމުންނަށް ސަބުދެލި މަގު ހުޅުވާލައިފިއެވެ.

މިމަގު ހުޅުވާލިކަން އިއުލާނު ކޮށްފައިވަނީ އާރުޑީސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުފގައި ބުނީ، ސަބުދެލި މަގު އަލުން ހުޅުވައިލުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށް ފަހު އެ މަގު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

‏"ސަބުދެލިމަގު އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު އެމަގު މިހާރުވަނީ އާންމުންނަށް ހުޅުވާލެވިފައި." 

އާރުޑީގެ އެކްސްޕޯޓުގައި ބުނެފައި ވެއެވެ.

ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ މަގު ހުޅުވައިލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން ފެށީ މި މަހުގެ ހަވަނަ ދުވަހު އެވެ.

އެ މިނިސްޓްރީން އެ މަގު ހުޅުވި ސަބަބެއް ކަމަށް އޭރު ބުނީ އަމީނީ މަގު ހަދަމުންދާތީ ޓްރެފިކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ނިންމައި މިހާރު ވަނީ އެއްކޮށް ހުޅުވާލައިފަ އެވެ.

މިރޭ ސަބުދެލި މަގު އާއްމުންނަށް ހުޅުވާލައިފައިވާއިރު މިދިޔަ ސަރުކާރުން ހަދަންފަށާ ނުނިމިއޮތް އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ވަނީ މި  ސަރުކާރު ވެރިކަމަށް އައިސް މިވީ ކުރު މުއްދަތުގެ ތެރޭގައި ހަދާ ނިންމާ އާއްމުންނަށް ހުޅުވާލައިފައެވެ.

މިސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ ބިޔަ ބޮޑު މަޝްރޫޢުއެއް ފެށިގެންދާނެއެވެ.

ކޮމެންޓް
ހާނިމް
ވަރަށް އުފާވެއްޖެ.
16 Jan 2024
އަލޮމް މިއާ
ސަބުދެއްޔެއް މާވަހަރެއް ކިޔާނެކަމެއް ނެތް މިހާރު އެބައޮތް ތިބުނާ މަގެއްގަ ކާރުތަކެއް ޕާކުކޮށްފަ
17 Jan 2024
ގުޅޭ ލިޔުންތައް
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.
06 Jul 2026
މުރައިދޫން ދެ މީހަކު ހައްޔަރުކޮއްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މުރައިދޫ ގެއަކުން 4.5 ގުރާމުގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު 10 ދުވަހަށް ބަންދުކޮށްފައިވޭ.
06 Jul 2026
ފުޑް ކޯޓުތައް ރެއިޑްކޮށް 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ޓާސްކް ފޯހުން ރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.