އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަޙީމް ޢަލީ ސަޢީދު
ހަބަރު
17 Jan 2024 | 15:16
ރިސާލާ ޕްރޮގްރާމްގެ ދަށުން ޓީވީ ޕްރޮގްރަމްތައް ހަދައިދޭނެ ފަރާތެއް ހޯދަނީ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހިންގާ ރިސާލާ ޕްރޮގްރާމްގެ ދަށުން މިއަންނަ ރަމަޟާން މަހަށް ޓީވީ ޕްރޮގްރަމްތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަމަށް ހުޅުވާލައިފައިވަނީ އެ މިނިސްޓްރީއިން މިއަދުކުރި އިޢުލާނެއްގައެވެ. އެ އިއުލާނުގައިވާ ގޮތުގައި ބީލަން ހުޅުވާ ލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން ޓީވީ ޗެނެލް ހިންގާ ވިޔަފާރިތަކަށެވެ.

މިނިސްޓްރީގެ އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ވުޒާރާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށާއި،  އެ އިއުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން އެ އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާދަމާ ހެނދުނު 10:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ރިސާލާ ޕްރޮގްރާމްގެ ދަށުން 1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ޓީވީ ޕްރޮގްރަމްތައް ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އިސްލާމިކު މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި، ރިސާލަތު ޕްރޮގްރާމަކީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަޤީދާ ވަރުގަދަ ކުރުމާއި އެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރި ވެފައިވާ ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ

ކޮމެންޓް
އަލިބެ ހުޅުމާލެ
އަބަދުވެސް ކޮންމެވެސް ބަޔަކާ ކޮންޓްރެކްޓެއް ހަދާ އުޅުއްވާނީ ވިޔަފާރިއެއްގައެވެ. އަޖާބުވަނީ މީނައަށް ޓްރޭޑް ނޫނީ އިކޮނޮމިކް މިނިސްޓްރީ ނުދިނީމައެވެ.
17 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.