ގޭސްފުޅި ގޮވުމުގެ ހާދިސާ / ފޮޓޯ:އެމްއެންޑީއެފް
ހަބަރު
17 Jan 2024 | 19:16
ގޭސްފުޅިއެއް ގޮވާ ޝެފަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ!

މާލޭގެ ކެފޭއެއް ތެރޭގައި ގޭސް ފުޅިއެއް ގޮވާ އެ ކެފޭގެ ކައްކާ އާއި އިތުރު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ކިނބިގަސް މަގުގައި ހުންނަ ފާސްޓްފުޑް އެންޖީބީއެސް އައުޓްލެޓެއްގަ އެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިގޮތުގައި އެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވާ ގޮތުގައި‏ މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓްވަނީ ލިބިފައެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް މި ހާދިސާގައި އަނިޔާވެފައި ވަނީ އެ ރެސްޓޯރެންޓްގައި މަސައްކަތް ކުރަމުންދާ ސްރީ ލަންކާ ޝެފަށް ކަމަށްވެސް  އެމްއެންޑީއެފުން މަޢުލުމާތު ދެއްވައެވެ.

މި ހާދިސާގައި އެ ކެފޭ ހިންގާ ޢިމާރާތައްވެސް ވަނީ ވަރަށް ބޮދަށ ގެއްލުން ލިބިފައެވެ. އެގޮތުން  ކެފޭގެ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.

މާލޭގައި މިދޭތެރެ ދޭތެރެއިން މިފަދަ ގޮތަކަށް ގޭސް ލީކުވެ ގޭސްފުލި ގޮވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން  މީގެ ދެ ހަފުތާ ކުރިން ވެސް މާލޭގެ ގެއެއްގެ ތެރޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި އަންހެނަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އެހެންކަމުން ގޭސްފުޅި ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.
06 Jul 2026
މުރައިދޫން ދެ މީހަކު ހައްޔަރުކޮއްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މުރައިދޫ ގެއަކުން 4.5 ގުރާމުގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު 10 ދުވަހަށް ބަންދުކޮށްފައިވޭ.
06 Jul 2026
ފުޑް ކޯޓުތައް ރެއިޑްކޮށް 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ޓާސްކް ފޯހުން ރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.