މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން
ހަބަރު
17 Jan 2024 | 20:41
މާލެސިޓީކައުންސިލްގެ ބޮޑަތި ހުރިހާ ޕްރޮޖެކްޓްތަކެއް ސަރުކާރަށް ހަވާލު ކުރުމަށް ކައުންސިލުން ނިންމައިފި

މާލޭސިޓީކައުންސިލުން ހިންގަމުން ގެންދާ އަދި ހިންގުމަށް ރާއްވަވާފައިވާ ބޮޑެތި ބިޔަ މަޝްރޫއުތަކެއް އަވަސްކުރުމަށްޓަކައި އެމަސައްކަތްތަކާއި ގުޅޭ މިނިސްޓްރީ އާއި ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުން ފާސްކޮށްފިއެވެ.

އެގޮތުން މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ އެ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީ އާއި ހަވާލުކުރުމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ސިޓީ ކައުންސިލުން ފަށަން ހަމަޖައްސާފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ހިއްސާކުރުމާއި ބައެއް ހުށަހެޅުންތަކަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމެވެ.

މިއަދު އެކައުންސިލުން ބޭއްވި މި ޙާއްޞަ ބައްދަލުވުމުގައި ކުރިން އެ ޕްރޮޖެކްޓްތަކުގައި ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަތެވެ. އަދި ޝާހިދު ވަނީ އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވައިފަ އެވެ.

"އަޅުގަނޑު މި ހުށަހަޅަނީ މި ޕްރޮޖެކްޓުތަކަށް ކައުންސިލުން އެއްބަސްވެފައި ހުރި ޓާމްތަކަށް އެއްވެސް ބަދަލެއް ނުގެނެސް މި ޕްރޮޖެކްޓުތައް އަވަސްކުރުމަށްޓަކައި މިކަމާ ގުޅޭ ވުޒާރާއަށް މި ޕްރޮޖެކްޓުތައް ވަގުތީ ގޮތުން މެނޭޖްކުރުމަށް ހަވާލު ކުރުމަށް. އެ ވުޒާރާއެއްގެ ގޮތުގައި އަޅުގަނޑު މި ހުށަހަޅަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ،" 

މިއަދުގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.

މިހާރުވެރިކަން ކުރަމުންގެންދާ ޑރ.މުހައްމަދު މުއިއްޒުގެ ޕީއެންސީ/ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ އެ ހުށަހެޅުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ތާއީދުކުރެއްވި އެވެ. ތާއީދު ނުކުރެއްވި މެމްބަރުވެސް ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.

މިއަދު މި ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުން ފާސްކޮށްފައިވަނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލުވާ ގޮތަށެވެ.

މާލެ ސިޓީކައުންސިލުން މިއަދު މިގޮތައް ނިންމި އިރު އެ ކައުންސިލުން ވަނީ ބޮޑަތި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.