މާލެ ސިޓީ ކައުންސިލްގެ އެކްޓިންގ މޭޔަރ އަހުމަދު ނަރީޝް-- ފޮޓޯ/ސިޓީ ކައުންސިލް
ހަބަރު
18 Jan 2024 | 10:02
ސަރުކާރަކުން މާލެ ސިޓީ ކައުންސިލަށް ނުފޫޒެއް ނުފޯރުވާ: ނަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ ސަރުކާރަކުން މާލެ ސިޓީ ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށް، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީ ކައުންސިލުން ހިންގަމުންދާ ބައެއް ބޮޑެތި މަޝްރޫޢުތައް، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ގެންދިޔައީ ސަރުކާރުން ނުފޫޒް ފޯރުވައިގެން ކަމަށް ބުނެވޭ ވާހަކަތަކަށް ރައްދު ދެއްވައި, މިވަގުތު އެ ކައުންސިލްގެ އެކްޓިންގ މޭޔަރ ކަމުގެ މަގާމުވެސް ފުރުއްވަމުންދާ ނަރީޝް ވިދާޅުވީ، ކައުންސިލުން އެ ނިންމުންތައް ނިންމީ ކައުންސިލް ފްލޯރއަށް ހުށައަޅައި މަޝްވަރާކުރުމަށް ފަހު ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށެވެ. 

ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ!

އަހުމަދު ނަރީޝް 

މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ، ކައުންސިލުން ކުރިއަށް ގެންދާ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ. 

އެގޮތުން މާލެ ސިޓީ ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ކައުންސިލުން އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނުގެނެސް، މަޝްރޫއު މެނޭޖްކުރުން ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުކުރުމަށް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުން އޮތް ގޮތަށް ފާސްކުރުމަށް ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވުމުން އެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާނު ވަނީ ތާއީދު ކުރައްވާފައެވެ.

މި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރު ނަރީޝް ވޯޓަށް އެއްސެވުމުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރ ފިޔަވައި އެހެން އެންމެން ވަނީ އެކަމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. 

ކޮމެންޓް
ޖާނޭ
ނަރޭޝް ހުށަހެޅުމަށް ހައިވާނުތާއީދު ކުރިއަސް ނުކުރިއަސް މެޖޯރެޓީ އޮތީ ނަރުސޫމެންނަށް
18 Jan 2024
ގުޅޭ ލިޔުންތައް
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.
06 Jul 2026
މުރައިދޫން ދެ މީހަކު ހައްޔަރުކޮއްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މުރައިދޫ ގެއަކުން 4.5 ގުރާމުގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު 10 ދުވަހަށް ބަންދުކޮށްފައިވޭ.
06 Jul 2026
ފުޑް ކޯޓުތައް ރެއިޑްކޮށް 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ޓާސްކް ފޯހުން ރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.
06 Jul 2026
ކެންސަރުގެ ފޭކު އިންޖެކްޝަން އެއްވެސް ބޭސްފިހާރައަކު ނެތް
ކެންސަރުބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ "ޑާޒަލެކްސް" ގެ ފޭކް އިންޖެކްޝަން ރާއްޖޭގެ އެއްވެސް ފާމަސީއެއްގައި ނުހުންނާނެ ކަމަށާ، އެއީ ބަލިމީހަކަށް، ބޭރުން ގެނައި އެއްޗެއް ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
06 Jul 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީން މިސައިލް ޓެސްޓު ކޮއްފި
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލް ޓެސްޓުކުރުމާ ގުޅިގެން ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުން ކަންބޮޑުވުން ފާޅުކޮށް މި ޓެސްޓަކީ ސަރަޙައްދު ހަލަބޮލިކުރާ ކަމެއް ކަމަށް ބުނެފިއެވެ.
06 Jul 2026
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ދެބޭފުޅެއްގެ ނަން ހުށަހަޅައިފި
އެ ގޮތުން ހުށަހެޅުއްވި ދެ ނަމަކީ ހއ. ތަކަންދޫ ސާދާގެ މުޙައްމަދު ހަލީމް ޢަބްދުالله އާއި ގދ. ގައްދޫ ކޯޒީރައުންޑް ފާތިމަތު އަމީޒާއެވެ.
06 Jul 2026
ދިރާގުޕޭއިން ބާލީ ދަތުރެއް
ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބާލީއަށް ދެ މީހަކަށް ޓިކެޓާއި ހުރުމުގެ އިންތިޒާމާއެކު ޚާއްޞަ ޓުއާއެއް ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފައިވެއެވެ.
06 Jul 2026
ރޮނާލްޑޯ ރިޓަޔާ ނިންމާނީ އަމިއްލައަށް
41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ކަށަވަރުކޮށްދީ ރިޓަޔާ ކުރާނެ އިރު ކަނޑައަޅާނީ ހަމައެކަނި އޭނާ ކަމަށް ބުނެފައި. ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ފާޑުކިޔުންތަކާއި ނުލައި އަމާޒުތައް ހާސ