އަތޮޅު ހޮސްޕިޓަލުގެ ނަން ވިލިނގިލީ ހެލްތު ޕޯސްޓުގެ ނަމަށް ބަދަލުކޮށްފައި.
ހަބަރު
18 Jan 2024 | 13:09
ޚިދުމަތް ލަސް ކަމަށްބުނެ އާއްމުން ނުކުމެ ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ބަދަލުކޮށްފި!

ގއ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ދިނުން ލަސް ކަމަށް ބުނެ، އެ ހޮސްޕިޓަލްކައިރިއަަށް މީހުންގެ އެއްވެ ހޮސްޕިޓަލުގެ ނަން ބޯޑުގެ މަތީގައި "ހެލްތް ޕޯސްޓް" ޖަހައި އިހްތިޖާޖު ކުރަން ފަށައިފިއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އާއްމުން ނުކުމެ އެ ހޮސްޕިޓަލްގެ ނަން ބަދަލުކޮށް އިހްތިޖާޖު ކުރަން ފަށާފައިވަނީ، ހޮސްޕިޓަލަށް ރޭ ގެންދެވުނު ބަލި މީހަކު، އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވާތީއެވެ. 

އެކަމާއި ގުޅިގެން ވޮއިސް އަށް މަޢުލޫމާތު ދެއްވަމުން ސިއްހީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، އެ ބަލި މީހާ މާލެ ގެނައުމަށް މިނިސްޓްރީގެ ފަރާތުން ނިންމަންޖެހޭ އެންމެހައި ކަމެއް ނިމި، އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށާ، އާސަންދައިގެ ކަންކަންވެސް ނިމިފައިވާ ކަމަށެވެ. 

އަދި އޭނާ މާލެ ގެނައުން ލަސްވަނީ، ފްލައިޓެއް ޗާޓާރ ކޮށްގެން ގެންނަންޖެހޭއިރު، އެ ފްލައިޓް އެ ރަށަށް ދިޔުން ލަސްވާތީ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ. 

މިއާއެކު އައިލެންޑް އޭވިއޭޝަނާއި ހަވާލާދީ އޮފިޝަލް އިތުރަށް ވިދާޅުވީ، ބަލި މީހާ ބަލައި، އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއް މިއަދުގެ ވަގުތެއްގައި ދާނެ ކަމަށެވެ. 

ކޮމެންޓް
ފަޔާޒު
ގ.އ ވިލިގިލީ ބައެއްމީހުނަކީ ގޅޯގަދަރަށް އީމާންވާ ބައެއްކަމަކަށް ބަލަންއުދަގޫ ކޮއްމެކަމަކަށްވެސްވަގުތެށްވާނެކަންނުދަތުމީ ހިތާމައެށް
18 Jan 2024
ފަޔާޒު
ގ.އ އަތޮޅުހޮސްޕިޓަލަށް ބަލިވެގެން ރޭގެންދިޔަ މީހާ މިއަދު މާލެގެނަސް ފަރުވާދޭން ފަށައިފި ނުމަހާ ދިހަދުވަސް ވަންދެން އަމާގެބަޑުގަ ނޮއޮވެނުނިކުތީކީއްވެބާ ވަގުތުނުޖެހޭތީ މީވިސްނަންޖެހޭކަމަކީ
18 Jan 2024
ދިވެހި ޒުވާނުން
ކޮބާ ހެލިކޮޕްޓާރ ތައް ކޮބާ އެޚިދުމަތުގަ އުޅުނު މީހުން ކޮބާ ދެން ވެސް ބޯހޫރާލާފަ އިންޑިއާ އައުޓޭ ކިޔާ ނަގާ
18 Jan 2024
ރަށުމީހާ
ހޮސްޕިޓަލުގަ ހުރީ ބޯގޮވާފަ ހުރި ގޮލައެއް. ކަންކުރަން ނޭނގޭ ކޮހެއް. ސަރުކާރު ބަދުނާމު ވަނީ މިކަހަލަ މީހުންނާހެދި. އެ ސޮރަށް ތަމްރީން ދީބަ
18 Jan 2024
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.