މިނިސްޓަރ ފައިސަލް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
18 Jan 2024 | 14:53
ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ ދިވެހި އަންހެނުންގެ ނިސްބަތް ވަރަށް ދަށް: މިނިސްޓަރ

ދިވެހި ރާއްޖޭގެ ރިސޯރޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހި އަންހެނުންގެ އިންސައްތަ ވަރަށް މަދުކަން ފާހަގަ ކުރެއްވޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ގެ ނަމުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އަންހެނުން އިތުރު ކުރުމަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމެއް އިފްތިތާހް ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ވެފައިވާއިރު، މި ސިނާއަތަކީ ވަޒީފާގެ ބާޒާރަށް އެންމެ ގިނަ ފުރުސަތު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ލިބިދޭ ސިނާއަތް ކަމަށެވެ. އަދި ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާނަމަ 2022 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމާއި ފަތުރުވެރިކަމާއި ގުޅުން ހުރި ދާއިރާތަކުން ސީދާ %40 އިންސައްތަ ޖީޑީޕީއިން ހިއްސާ ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް 2022 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާ ރާއްޖޭގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ ދިވެހި އަންހެނުންގެ އިންސައްތަ ވަރަށްވެސް މަދުކަން ފާހަގަކޮށްލަން". ވަޒީރު ވިދާޅުވިއެވެ.

މިއަދު މި ފެށުނު ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މިއަދު އިފްތިތާހް ކުރެވޭ ޕްރޮގްރާމް ފަރުމާ ކުރެވިފައިވާނީ އަންހެނުން މި ދާއިރާއަށް ނެރެ، ދެމެހެއްޓެނިވި ގޮތަކަށް ދުރު ރާސްތާ ޕްލޭނަކާއި އެކުގައި ކަމަށާއި، އަދި މި ޕްރޮގްރާމްގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުން (ރިސޯޓްސް، ގެސްޓްހައުސް، ހޮޓެލްސް، ޑައިވްސް ސެންޓަރ) ތަޖުރިބާކާރު މެންޓަރުންނާ އެކު އެބޭފުޅުން މަސައްކަތް ކުރާ މާހައުލުގައި ދަރިވަރުން ތިން މަސް ދުވަސް ހޭދަކޮށް އަމަލީ ތަޖުރިބާ ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެހާ ޒުވާނުން ހިފާ ހާއްސަ، ދިވެހި އަންހެނުން މި ދާއިރާއަށް ނުކުތުމަށް ޕްރޮގްރާމްގެ ތެރެއިން އެހީތެރިވެދީ އެދެވޭ ބަދަލެއް ގެނައުން". ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހަފްތާގައި 14ގެ މަގު ޗާޓުގައި ވެސް ހިމެނޭ އެއް ވައުދު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އަންހެނުން އިތުރު ކުރުމަށް ހިންގޭ މި ޕްރޮގްރާމު ، އިފްތިތާހް ކޮށްދެއްވީ އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.