ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު 10 އިންސައްތަ އިތުރުުވެއްޖެ
ހަބަރު
18 Jan 2024 | 16:03
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިން، އިންޑީޔާ 4 ވަނާގައި

މިއަހަރުގެ މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖެ ޒިޔާރަތްކކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނައިން ފަތުވެރިން އައިސްފައިވަނީ ރަޝިޔާއިން ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ. ވޭތުވެ ދިޔަ އަހަރު މި މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން އައި އިންޑީޔާ މިއަހަރު އުޅެނީ 4 ވަނާގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން ޢާންމުކޮށްފައިވާ "ޑެއިލީ އަޕްޑޭޓްސް ރިޕޯޓު"ގައިވާގޮތުން އަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ބަލާލާއިރު، ޖުމްލަ މާކެޓު ޝެއަރގެ 12.3 އިންސައްތަ ޙިއްސާއާއެކު، ލިސްޓުގެ އެއްވަނައިގައި މިހާރު އުޅެނީ ރަޝިއާއެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

ރަޝިއާ – 11،778 ފަތުރުވެރިން

އިޓަލީ – 11،094 ފަތުރުވެރިން

އިނގިރޭސިވިލާތް – 7،672 ފަތުރުވެރިން

އިންޑިއާ – 7،633 ފަތުރުވެރިން

ޖަރުމަންވިލާތް – 6،011 ފަތުރުވެރިން

މިނިސްޓްރީގެ ތަފާސް ހިސާބުގައިވާގޮތުން އަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށްވަނީ 96،077 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 87،178 ފަތުރުވެރިންނާ އަޅާ ބަލާއިރު 10.2 އިންސައްތަ އިތުރު ޢަދަދެކެވެ.

އޭގެ އިތުރުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،005 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރަމުން ގެންދެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު ރާއްޖެއަށް ވަނީ 7،703 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ނިމިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި ހަމަ އެހެންމެ މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑް-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޗައިނާ މާރކެޓް އިތުރަށް ރަނގަޅު ކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.