އދ އަތޮޅު ފަޅު ރަށެއް-- ފޮޓޯ/ ފްރޮމްޓައިނީ އައިލްސް
ހަބަރު
19 Jan 2024 | 07:28
އިޚްތިޞާޞުން ބޭރު ފަޅު ރަށްތައްވެސް ކައުންސިލަށް ލިބޭގޮތް ހަދައިފި

ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކުގެ ގޮތުގައި އެކައުންސިލެއް އިޚްތިޞާޞުން ބޭރުގައިވާ ފަޅުރަށްތައްވެސް ހިމެނޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

މިގޮތައް ހަމަޖައްސާފައިވަނީ މިނިސްޓްރ އޮފް ހައުސިންގ ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން މިއަދު ނެރެ ގެޒެޓްކޮށްފައިވާ  "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ދަށުންނެވެ.

މިއަދު ގެޒެޓް ކުރެވުނު މި ޤަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެއެވެ.

އޭގެ އިތުރުން ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރާނީ ޕްރޮޕޯސަލް ހުށައެޅުމުން ވަޒަންކުރުމަށް ފަހުގަ އެވެ. އަދި ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުގައި ހިމެނޭ ރަށްތައް ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ލޯކަލް ގަވަނަންސް މިނިސްޓްރީންނެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނެ ރަށްތައް ކަނޑައަޅުއްވާނީ ރައީސެވެ.

ޤަވާއިދުގައިވާ ގޮތުގައި ފަޅު ރަށެއް ހޯދުމަށް ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކުރަން ޖެހޭނެ އެވެ. އަދި ކައުންސިލަށް ރަށް ދޫކުރަށް އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ޤަވައިދުގައި ބުނެފައިވެ އެވެ.

މިއަދު މި އާއްމުކުރި ޤަވާއިދުގައިވާ ގޮތުން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ކައުންސިލްތަކުން އެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައިވެ އެވެ.

މިހާރުވެސް ރާއްޖޭގެ ބައެއް ފަޅުރަށްތައް ވަނީ ބައެއް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.