މިނިސްޓަރ އާދަމް ޝަރީފް
ހަބަރު
19 Jan 2024 | 08:39
ފެނިގެން މިދަނީ ރައީސްގެ ހަރުދަނާ ސިޔާސަތު ތަންފީޒު ވަމުންދާތަން - އާދަމް ޝަރީފް

ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމުހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ކަމަށާއި، މިއަދު ފެނިގެން މިދަނީ އެ ސިޔާސަތު ތަންފީޒު ވަމުންދާތަންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ޤަވާއިދު" ގެޒެޓްކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

"ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމުހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒުގެ  ހަރުދަނާ ސިޔާސަތެއް،  އެ ސިޔާސަތު ތަންފީޒު ވަމުންދާތަން މިދަނީ ފެންނަމުން، މިއީ ރައްޔިތުންނަށް އުންމީދު އާވާ ކަމެއް" މިނިސްޓަރ ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ކުރެއްވި މި ޕޯސްޓަށް ފަހުވެސް މިކަމާއި ގުޅޭގޮތުން ވަނީ އިތުރު އެކްސް ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ފަޅުރަށްތައް ކައުންސިލަށް ލިބޭގޮތަށް ރައީސް ހެއްދެވުމުގެ ފުރިހަމަ ބޭނުން ހުރިހާ ކައުންސިލަކުން ހިފާނެކަން ޔަޤީން ކުރައްވާ ކަމަށާއި، އަދި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކޮށް ، ރައްޔިތުންނަށް ފައިދާ ކުރާނެގޮތަކަށް ހުރިހާ ކައުންސިލްތަކުން މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައި ވާއިރު ސަރުކާރުން މިއަދު ވަނީ ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކުގެ ގޮތުގައި އެކައުންސިލެއް އިޚްތިޞާޞުން ބޭރުގައިވާ ފަޅުރަށްތައްވެސް ހިމެނޭ ގޮތަށް ހަމަޖައްސަވާ ޤަވާޢިދެއް ގެޒެޓް ކުރައްވާފައެވެ.

މިއަދު ގެޒެޓް ކުރެވުނު މި ޤަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެއެވެ.

ކޮމެންޓް
އަހްމަދް ރަސީދު
މިނިސްޓަރުގެ ބޮލުގައި އެއްވެސް ތެތްކަމެއް ނެތް. ޙާދަ ދެރައޭ!
19 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.