މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ހޯރަފުށީގެ އަބްދުﷲ ޔަމީން.. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު
20 Jan 2024 | 03:30
ވަށަފަރު އަތުން މޮޅުވެ ހޯރަފުށިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ބުރުގެ ގުރޫޕް ތިނެއްގައި ހުކުރު ދުވަހުގެ ރޭ ހޯރަފުއްޓާއި ވަށަފަރު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހޯރަފުށިން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މުބާރާތުގައި ވަށަފަރުން ކުޅުނު ފުރަތަަމަ މެޗުގައި ދިއްދޫ އަތުން 4-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައި ވާއިރު، ހޯރަފުށިން ވަނީ އެޓީމުގެ ފުރަތަަމަ މެޗުގައި 6-2 ގެ ނަތީޖާއަކުން ތަކަންދޫ އަތުން މޮޅުވެފައެވެ.

ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ހޯރަފުށި ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަަނަ ހާފުގައި ހޯރަފުށިން އިތުރު ދެ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވަށަފަރުން ވެސް ވަނީ އެއް ލަނޑު ކާމިޔާބުކުރި އެވެ.

މިމެޗުގައި ހޯރަފުށީގެ ކެޕްޓަން އަބްދުﷲ ޔަމީން ދެލަނޑު ކާމިޔާބު ކުރި އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އާދަމް މާހިލް އެވެ. އަދި މިމެޗުގައި ވަށަފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައިި އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސިނާން އެވެ. 

މީގެ އިތުރުން ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި މެޗުގެ ރެފްރީ ވަނީ ހޯރަފުށީގެ ހަސަން އިރުޝާދު އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޯރަފުށީގެ ކެޕްޓަން އަބްދުﷲ ޔަމީން އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ހޯރަފުއްޓެވެ. އަދި މިމެޗުން ބަލިވި ވަށަފަރު ކުޅުނު ދެ މެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ދިއްދޫ އަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މިގުރޫޕްގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތް ތަކަންދޫ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ހއ. އަތޮޅުން 12 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅުބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިން ގުރޫޕުން ވެސް ތިންވަނަ ހޯދާ ދެޓީމު ތަކުގެތެރެއިން އެންމެ ރަނގަޅު ދެޓީމަށް ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ހއ. އަތޮޅު ބުރުގެ ފައިނަލުގައި ވާދަކުރާ ދެޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.