ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ
ހަބަރު
20 Jan 2024 | 09:52
މަސްވެރިންނަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނުކުރަން ފަށައިފި

ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ހިމަނާފައިވާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ވަޢުދެއް ފުރިހަމަ ކުރެއްވުމުގެ ގޮތުން އެންމެ ފުރަތަމަ މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގެ މަސްވެރިންނަށް އަމާޒުކޮށްގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ މި މަސައްކަތް ފަށްޓަވާފައިވަނީ ގދ. މަޑަވެލީގައެވެ. އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މަޑަވެލީގައި ބޭއްވުނު މި ޙާއްޞަ  ރަސްމިއްޔާތުގައި ޠާރިޤު ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލު ތަކުގެ ސަބަބުން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް އެން ހިފުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވަމުންދާކަމަށާއި، އެ ސަބަބާހުރެ ފުޅި އަޅައިގެން އެން ހިފުން މިހާރު ރައްޖޭގައި އާންމުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފުޅި އަޅައިގެން ފީނާއިރު ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އެހީތެރިވެދޭނަކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަށާއި، އެގޮތުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މި ފަށާ މުހިންމު މަސައްކަތުގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުންތައް އަންނާނެކަމަށެވެ.

މީގެ އިތުރުންވެސް ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާ ނެރެވޭނެ މަސައްކަތަކެއް ކުރައްވަމުން ދާކަމަށެވެ.

"މަސްވެރިންގެ ފުރާނައަށް ގެއްލުންވަނީ ފުޅި އަޅައިގެން ތަމްރީނެއް ނެތި ފީނުމުގެ ސަބަބުން މި ފެށޭ މަސައްކަތާއި އެކު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއި އެކު އެން ހިފަން ފީނުން މަދު ކުރުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރުމަށް ވަނީ ރާވާފައި، އެގޮތުން މިހާރުވެސް ޕައިލެޓް ޕްރޮޖެކްޓްތަކެއް ވަނީ ފަށާފައި، އޭގެ ސަބަބުން އެން ވެރިކަމަކީވެސް ނަފާ ނެރެވޭނެ މަސައްކަތަކަށް ވެގެންދާނެ" ތަފްސީލް ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި  މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއި އެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 6 ޕާޓީއަކާއި އެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސް ވެފައިވެއެވެ.

މަޑަވެލީގައި މި ފެށުނު ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށް ދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގައި ތަމްރީނުތައް ކުރިއަށް ގެންގޮސް ދެއްވާނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިއްބެވި ފަންނީ ބޭފުޅުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.