މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
ހަބަރު
20 Jan 2024 | 11:27
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމުގެ އެއް ސަބަބަކަށްވީ އަދާލަތު ޕާރޓީ – ރާއީ

ވޭތުވެދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބުވެ، އެމްޑީޕީގެ ސަރުކާރު ބަލިކަށިވެ، އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމުގެ މައިގަނޑު އެއް ސަބަބަކީ އަދާލަތު ޕާޓީކަމަށް ވިދާޅުވެ، އަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ފާޑުވިދާޅުވެއްޖެއެވެ.

ރާއީގެ ހޫނު ރައްދެއް އަދާލަތު ޕާޓީއަށް އަމާޒުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައެޅިއިރު ރާއީ ތަމްސީލުކުރައްވާ މަކުނުދޫ ދާއިރާއަށް އެ ޕާޓީން ވާދަކުރަން ނިންމާފައިވަނިކޮށެވެ. އަދި އެ ޕާޓީގެ ފަރާތުން މަކުނުދޫ ދާއިރާއަށް ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.

މެމްބަރ ރާއީގެ ހޫނު ހަމަލާއެއް އަދަލަތު ޕާރޓީއަށް އަމާޒުކޮށްފައި މިވަނީ އިއްޔެ އޭނާ އެކްސް މެދުވެރި ކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އޭނާގެ ޕޯސްޓުގައި އަދާލަތަކީ ކުޑަ ބައިހަމަނުވާ ޕާޓީއެއްކަމަށް ސިފަ ކުރެއްވުމާއެކު ވިދާޅުވީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި އެ ޕާޓީއާއި އެކަށީގެންނުވާ މިންވަރުގެ ބޮޑު ހިއްސާއެއް އަދާލަތުން ނަގާފައި އޮތް ކަމަށާއި،  އަދި އެވެރިކަން ބަލިކަށިވުމުގައި އަދާލަތު ޕާޓީގެ ދައުރުވެސް ވަރަށް ބޮޑުކަމަށެވެ.

" ވޭތުވެދިޔަ އެމްޑީޕީ  ސަރުކާރުގައި  އެއްމެ  ބޮޑު  ހިއްސާއެއް  ނަގާ  މުޅި  ސަރުކާރު  ބަލިކަށިވުމުގެ  އެއް  ސަބަބުކަމުގައި  ވީ ކޯލިޝަންގައި  ހިމެނުނު  ކުޑަ  ބައިހަމަނުވާ  ޕާޓީއެކެ،  އަދި  ހަމަ  މުޅި އެމްޑީޕީ  ގެ  އެތެރޭގައި  ހަމަނުޖެހުމުގެ  އަސްލުކަމުގައި  މިދެންނެވި  ޕާޓީވިއެވެ." 

އަދާލަތު ޕާރޓީއަށް އިޝާރާތް ކުރައްވާ ރައީގެ ޕޯސޓުގައި ލިޔުއްވާފައިވެއެވެ.

ރާއީގެ އެކްސް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ ބަލިކުރަން އެހެން ބަޔަކާ ގުޅިގެން މަސައްކަތްކުރަންޖެހޭނަމަ، ދާއިރާ އަދާލަތު ޕާޓީގެ ކިބައިން މިންޖުކުރުމަށް އެފަދައިން މަސައްކަތްކުރުމަކީ އެމްޑީޕީގެ އާންމު މެންބަރުންނާއި އޭނާވެސް ފަސްޖެހި ވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރާއީ ފާހަގަކުރެއްވި ގޮތުގައި މުހިއްމީ ދާއިރާގެ މުސްތަޤުބަލު ކަމަށެވެ.

" އެބައި  މީހުން  ބަލިކުރުމަށްޓަކައި ކޮންމެ  ޕާޓީއަކާއި  އެކު  އެއްކޮން މަސައްކަތް  ކުރުމަކި  ދާޢިރާ  ސަލާމަތްކުރަން  އޮތްމަގު  ކަމުގައިވާނަމަ  އެކަން  ކުރަން އެމްޑީޕީ  ގެ  މެމްބަރުންވެސް އަދި  ހަމަ  އަޅުގަނޑުވެސް  ފަސްނުޖޭހޭނެއެވެ،  ވަކި  މީހަކަށްވުރެ  މުހިއްމީ  ދާޢިރާގެ  މުސްތަގުބަލެވެ. " ރާއީގެ ޕޯސްޓް ނިންމާލަންވަމުން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.