ބުލައިންޑު އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން---ފޮޓޯ: ވޮއިސް
ހަބަރު
20 Jan 2024 | 13:50
ބްލައިންޑް އެސޯޝިއޭޝަންގެ އޮންލައިން ހިފުޒް ކުލާހާއި، އަރަބި ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބުލައިންޑް އެސޯޝިއޭޝަނުން މިހިނގާ 2024 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮންލައިން ހިފުޒް ކުލާހާއި، އަރަބި ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޖަމްޢިއްޔާއިން ހުޅުވާލައިފިއެވެ.

އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޅިން ހިލޭ އެ ޖަމުއިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ކުލާސްތަކެކެވެ.

އެ ޖަމއުއިއްޔާ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުލާސްތަކުގައި ބައިވެރިވާން ބެނުންވާ ފަރާތްތަކުންނާއި އަދި ހިލޭސާބަހަށް ޓީޗަރުންގެ ގޮތުގައި ކިޔަވައި ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މ މިހިނގާ ޖެނުއަރީ މަހުގެ 23 ވާ އަންގާރަ ދުވަހުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުމަށް ވެސް އެ ޖަމްއިއްޔާއިން އެދި ލައްވައެވެ.

އެގޮތަށް މެސެޖު ކުރައްވާއިރު ފުރިހަމަ ނަމާއި، ބައިވެރިވާން ބޭނުންވަނީ ދަރިވަރެއްގެ ގޮތުގައިކަން ނުވަތަ މުދައްރިސެއްގެ ގޮތުގައިކަން ރަނގަޅަށް ޖެއްސެވުމަށާއި ،އަދި ބައިވެރިވާން ބޭނުންވާ ކުލާސް ނުވަތަ ކުލާސްތަކުގެ ނަން ޖެއްސެވުމަށް ވެސް އެ ޖަމްއިއްޔާއިން އެދި ލައްވައެވެ.

ބުލައިންޑު އެސޯސިއޭޝަން އިން ހާމަކުރެއްވި ގޮތުގައި ނަން ނޯޓްކުރުމަށް އެސްއެމްއެސް ފޮނުވުމަށާއި، އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އެ ޖަމްޢިއްޔާގެ ހޮޓްލައިން ނަމްބަރ 7553755 އާއެވެ.

ބުލައިންޑު އެސޯސިއޭޝަން އަކީ ރާއްޖޭގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ވަކިން ހާއްޞަކޮށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ގިނަ ޕްރޮގްރާމުތަކެއް ހިންގަމުން ގެންދާ ފަރާތެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.