ހުޅުމާލެ ފޭސް 3
ހަބަރު
21 Jan 2024 | 16:43
ގުޅީފަޅާއި ހުޅުމާލެ ފޭސް 3 ގެ ލޭންޑް ޔޫސް ޕްލޭން މި ހަފުތާގައި އާއްމުކުރަނީ

ގުޅިފަޅާއި، ހުޅުމާލެ ފޭސް 3 ގެ ލޭންޑު ޔޫސް ޕްލޭންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމށާއި އެދެތަނުގެ ލޭންޑު ޔޫސް ޕްލޭނުވެސް މި ހަފުތާގައި އާއްމުކުރާނެކަމަށް ހައުސިން މިނިސްޓްރީން ރޭ ވިދާޅު ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އަމިއްލަ ހަތަރު ޖަމިއްޔާއެއް ގުޅިގެން ބިންވެރިންގެ ސައްލާގެ ނަމުގައި ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދިލްޝާން އަބްދުاللهއެވެ.

ދިލްޝާން ވިދާޅުވީ، ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅާއި ގިރާވަރުން ފުރަތަމަ ގޯތިތައް ދިން އިރު އެ ތަނުގެ ތަފުސީލީ ލޭންޑް ޔޫސް ޕްލޭނެއް ހަދާފައި ނެތް ކަމަށާއި، މިވަގުތު ކުރެވެމުން ދަނީ ގުޅީފަޅުގެ ލޭންޑު ޔޫސް ޕްލޭންގެ  10 ވަރަކަށް ޕަސެންޓުގައި މައްސަލައެއް އުޅޭތީ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ.

"މި ހަފުތާ ތެރޭގައި ދެ އެލްޔޫޕީ (ލޭންޑު ޔޫސް ޕްލޭން) ރައްޔިތުންނާއި ހަމައަށް ނެރެވޭ ވަރަށް މަސައްކަތް ކުރެވިފައި އޮތީ،" ރޭގެ ބައްދަލުވުމުގައި  ދިލްޝާން ވިދާޅުވި އެވެ.

ރޭގެ މި ބައްދަލުވުމުގައި ދިލްޝާން އިތުރަށް ވިދާޅުވީ  ގިރާވަރުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅު ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން އިތުރަށް ހިއްކާ ބިމާއި އިތުރަށް ގިރާވަރުން ހިއްކާ ބިން ވެސް ހިމަނައިގެން ކަމަށާއި، އަދި ގިރާވަރު ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ބިންވެރިންގެ ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.

ސަލްޓަންޕާރކުގައި ރޭ ބޭއްވި ބިންވެރިންގެ މި ސައްލާ ބައްދަލުވުމަކީ ގިރާވަރު މާލެ ސިޓިޝަން އެސޯސިއޭޝަނާއި، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި، މާލެ ރަށްވެހިންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ ގުޅިގެން މާލޭގެ ބޯހިޔާވަހި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމަށާއި މިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.