މާލޭގައި ބުޅާގިނަވެ އާއްމުންނަށް ވަނީ ބޮޑު އުނދަގުލަކަށްވެފައި
ހަބަރު
22 Jan 2024 | 06:26
ފަރުކޮޅުފުށީގައި ހަދާ ފެސިލިޓީއަކަށް މާލޭގައި އުޅޭ ބުޅާތައް ގެންދަނީ

ގްރޭޓާރ މާލެ ސަރަހައްދުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރަން ކ.ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ޤާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ.

އެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވުމަކީ މާލޭގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރުމާއި ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހެޅުއްވިކަމަށެވެ.

"މިނިސްޓްރީ އޮފް އެގްރިކަލްޗަރަލް އެންޑް އެނިމަލް ވެލްފެއާ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމުކޮށް ކ. ފަރުކޮޅުފުށިން ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް ގާއިމުކޮށް އެ ތަނަށް މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެ ތަނުގައި ގާއިމު ކުރުމަށް ވަނީ ނިންމާފައި،" ތަފްސީލް ދެއްވަމުން މިއަދުގެ ބައްދަލުވުމގައި ނާޒިމް ވިދާޅުވިއެވެ.

މާލޭގައި ބުޅާގިނަވެ އެތަކެތީގެ އުދަގޫ އާއްމުންނަށް ފޯރަމުންއަންނަ އިރު މިތަކެތި އެއްތަނަކަށް ގެންގޮސްގެން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސޭތޯ ބެލުމަކީ މާލޭސިޓީ ކައުންސިލުންވެސް ކުރެވޭތޯ ބަލަމުން އައިސްފައިވާ މަސައްކަތެކެވެ.

މާލޭގައި އުޅޭ ބުޅާތައް މާލެނޫން އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ މާލޭގެ ރައްޔިތުން ނުހަނު ބޭނުންވެ އެދިއެދި ތިބި ކަމެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ފުންފަޅުގޭ އަލިފާނުގައި 28 މީހަކަށް ފަރުވާ
ލޮނުޒިޔާރަތްމަގުގައި ހުންނަ ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 28 މީހަކަށް ހޮސްޕިޓަލުން ފަރުވާދީ 58 އަށްވުރެ ގިނަ މީހުންނަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި
06 Jul 2026
މެކްސިކޯ ބަލިކޮށް، އިނގިރޭސިން ކުއާޓާ ފައިނަލަށް
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އިންގްލެންޑް ނިކުންނާނީ ނޯވޭ އާ ދެކޮޅަށެވެ. ނޯވޭ ކުއާޓާ ފައިނަލަށް ދަތުރުކުރީ ބްރެޒިލް ބަލިކުރުމަށްފަހުގައެވެ
06 Jul 2026
ބްރެޒިލް ކެޓުމާއެކު ނޭމާގެ ވޯލްޑްކަޕް ކެރިއަރަށް ހިތްދަތި ނިމުމެއް
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން 2-1 އިން ބްރެޒިލް ބަލިވެ މުބާރާތުން ކެޓުމާއެކު، އެ ޤައުމުގެ އެންމެ ފާހަގަކޮށްލެވޭ ފުޓުބޯޅަ ތަރި ނޭމާ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކުރިކަން އިޢުލާންކޮށްފިއެވެ.
06 Jul 2026
އެމްއެންޔޫގައި ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި (މީސެލްސް) ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ "މީސެލްސް އައުޓްބްރޭކް ރިސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
06 Jul 2026
"ތެވެލި" ކޮންފަރެންސަށް މިއަހަރު ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް
އަންނަ އޮގަސްޓް މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 330 ކަރުދާސް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ.
06 Jul 2026
ދިރާގު ލިމިޓެއްނެތް ފައިބަރއަށް ހިލޭ އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް
މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
06 Jul 2026
ހާލާންޑްގެ ދެ ލަނޑާއެކު، ބްރެޒިލަށް ވަރލްޑްކަޕް ނިމިއްޖެ
ރޭ ހާލާންޑް ޖެހި ދެ ލަނޑާއެކު ހާލާންޑް ވަނީ މެސީ އަދި އެމްބާޕޭ އާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންްގެ ތެރޭގައެވެ
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.