އާދަމް ރަޝީދު: -- ފޮޓޯ: އާދަމް
ހަބަރު
21 Jan 2024 | 21:26
މިނިސްޓަރ ގުޅުއްވައި ލެއްވުމަކީ ސަރުކާރުން އަޅުގަނޑުގެ މަސައްކަތް ބަލައިގަތްކަމުގެ ހެއްކެތް: މަސްވެރިޔާ އާދަމް

ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ކުޅަދާނަ މަސްވެރިޔާ އުމުރުން 35 އަހަރުގެ އާދަމް ރާޝިދު (އެޑަމް) ގެ ޔޫޓިއުބް އެކައުންޓް "ދަ ލައިފް އޮފް އަ ފިޝަމޭން 4076" އަށް އެއްލައްކަ ސަބްސްކްރައިބަރުން ހަމަވުމުން ޔޫޓިއުބުން ދޭ ސިލްވާ ޕްލޭ ބަޓަން ލިބުމާއި ގުޅިގެން ފިޝަރީޒު މިނިސްޓަރ އަހުމަދު ޝިޔާމް އޭނާއަށް ގުޅުއްވައި ލައްވާ ތަހުނިޔާ އާއި މަރުޙަބާ ވިދާޅުވުމަކީ އޭނާގެ މަސައްކަތް ސަރުކާރުން ބަލައިގަތްކަމުގެ ހެއްކެތް ކަމަށް އޭނާ ބުނެފިއެވެ.

އެޑަމް މިފަދައިން ބުނެފައިވަނީ މިނިސްޓަރ ޝިޔާމް ޓެގް ކުރައްވާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

"ޝުކުރިއްޔާ،މިނިސްޓަރ ،އަޅުގަނޑަށް ގުޅުއްވައި ހިތްވަރުދެއްވިކަމީ ލިބުނު ވަރަށްބޮޑު އުފަލެއް. އަދި އަޅުގަނޑު މި ކުރާ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ލިބުން ބޮޑު ހިތްވަރެއް ވެސްމެ. އަދި މިއީ ސަރުކާރުގެ ފަރާތުން މިފަދަ މަސައްކަތްތައް ބަލައިގަންނަ ކަމުގެ ހެއްކެއް." 

އާދަމް ރާޝިދު (އެޑަމް)ގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެޑަމްގެ މި ކާމިޔާބީ އާއި ގުޅިގެން މިނިސްޓަރ ޝިޔާމް ވެސް ވަނީ އެކްސް މެދުވެރިކުރައްވާ އެޑަމްއަށް މަރުޙަބާ އާއި ތަޙްނިޔާ ވިދާޅުވެ ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވީ  ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއްކަން އެޑަމް (އާދަމް ރާޝިދު) ގެ ހިތްގައިމު ވީޑިއޯތަކުން ބޭރުދުނިޔެއަށް ޔަޤީންކޮށްދޭ ކަމަށާއި، ފަރުދީގޮތުން ތިޔަކޮށްދެއްވާ ޤައުމީ މަސައްކަތްޕުޅަކީ ޝުކުރު ޙައްޤު ފަޚުރުވެރިވާ މަސައްކަތްޕުޅުތަކެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވެފައި ވަނީ އެޑަމް އާ ދެކެވޭ ވާހަކަތަކުން ވީޑިއޯތައް އުފެއްދެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި  ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރެއްވޭ ކަމަށާއި އެކަންކަމަށް އަލިމަގެއް ހޯދައިދިނުމުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން އަރުވާނެކަމަށެވެ.

‏"ވަރަށް ބޮޑަށް މަރުހަބާ ! ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަން އެޑަމްގެ ހިތްގައިމު ވީޑިއޯތަކުން ބޭރުދުނިޔެއަށް ޔަޤީންކޮށްދޭ. ފަރުދީގޮތުން ތިޔަކޮށްދެއްވާ ޤައުމީ މަސައްކަތްޕުޅަކީ ޝުކުރު ޙައްޤު ފަޚުރުވެރިވާ މަސައްކަތްޕުޅުތަކެއް.  އެޑަމް އާ ދެކެވޭ ވާހަކަތަކުން ވީޑިއޯތައް އުފެއްދެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި  ގޮންޖެހުންތަކެއް އެބަހުރި. އެކަންކަމަށް އަލިމަގެއް ހޯދައިދިނުމުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން އަރުވާނަން." 

އާދަމް ރާޝިދު ޓެގު ކުރައްވާ މިނިސްޓަރ އެކްސްގައި ވިދާޅުވެފައި ވެއެވެ.

އާދަމް ރާޝިދުގެ ޔޫޓިއުބް އެކައުންޓް "ދަ ލައިފް އޮފް އަ ފިޝަމޭން 4076" މެދުވެރިކޮށް އޭނާ ގެންދަނީ މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި ޗާލުކަން މުޅި ދުނިޔެއަށް ދައްކައި ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.